ބ. އަތޮޅުގެ އިތުރު ދެ ފަޅުރަށް އަނެއްކާވެސް ވަރުވާއަށް ހުޅުވާލައިފި

8852577779742

ބ. އަތޮޅުގެ ދެ ފަޅުރަށެއް އަނެއްކާވެސް ވަރުވާއެއް ބީލަން އުސޫލުން ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިޝަރީޒު މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން މިފަހަރު ވަރުވާއަށް ދޫކުރުމަށް މިއަތޮޅުން ހުޅުވާލާފައިވަނީ ހިރުންދޫ އާއި ވެޔޮފުއްޓެވެ.

ފިޝަރީޒުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް ބިޑުފޯމް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބިޑު ފޯމެއްގެ އަގަކީ 20 ރުފިޔާ އެވެ.

މިއަތޮޅުގެ 20 ރަށެއް މިއަހަރުގެ މާޗުމަހުތެރޭގައިވެސް ބީލަން އުސޫލުން ވަރުވާއަށް ދޫކުރުމަށް ހުޅުވާލި އެވެ. ނަމަވެސް އެރަށްތަކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ބައެއް ރަށްތައް ހުރުމާއެކު އޭގެ ތެރެއިން ހަތް ރަށެއް ބީލަން އުސޫލުން ވަރުވާ އަށް ދޫނުކުރަން ފިޝަރީޒް މިނިސްޓްރީން ފަހުން ވަނީ ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ ރަށްތައް ވަރުވާ އަށް ދޫކުރަނީ ބޮޑެތި މަސައްކަތްތައް ކުރަން ނޫން ކަމަށާއި ވަގުތީ ގޮތުން ކުޑަ މަސައްކަތެއް ކުރި ކަމުގައި ވިއަސް އެކަން ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ނަގައިގެން ކަމަށެވެ. ފަޅުރަށްތައް ވަރުވާއަށް ދޭ ގަވައިދުގައިވާ ގޮތުން އެންމެ ދިގު މުއްދަތަކަށް ވަރުވާއަށް ދެނީ ދިހަ އަހަރަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.