16 ޓީމާއެކު ޓީބީ 3 އޮން 3 ފުޓްބޯޅަ މުބާރާތް މިރޭ ފަށަނީ

މިދިޔަ އަހަރު އޮތް ޓީބީ 3 އޮން 3  ފުޓްބޯޅަ މުބާޜާތް | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް ޓީބީ 3 އޮން 3 ފުޓްބޯޅަ މުބާޜާތް | އީޓީ ފައިލް ފޮޓޯ

ކްލަބް ދަ ބިގިނާރސް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 3 އޮން 3 ފުޓްބޯޅަ މުބާރާތް މިރޭ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

“މިނިވަން އުފާ” 3 އޮން 3 ސޮކަރ ކަޕް 2016 ގެ ނަމުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި 16 ޓީމު ވާދަކުރާނެއެވެ. އޭދަފުށި ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު ހޮނިހިރު ދުވަހުގެރޭ ކްލަބް އޮފީހުގަައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި މުބާރާތުގައި ގްރޫޕް އޭގައި ހިމެނިފައިވާ ޓީމްތަކަކީ އެންމެފަހުގެ ޗެންޕިއަންސް ފެއިމްސް ޔުނައިޓެޑް، އެފްސީ ހޮޅިމާ، ފަހަތަށް ފެންއުކާ އަދި ކައްކަނީއެވެ. ގްރޫޕް ބީގައި ހިމެނިފައިވަނީ އަގްލިއޯ އޮލިއޯ، އެފްސީ ޑްރީމް، އެފްސީ ޑޮލަރ އަދި ދަ ބްލޫސްއެވެ. ގްރޫޕް ސީގައި ހިމެނުނު ޓީމްތަކަކީ އެފްސީ ޖަޑާ، ޑައުންޓައުން، ޓީމް ހިކިމިރުސް އަދި ޓީމް ގުޑުގުޑާއެވެ. ގްރޫޕް ޑީގައި ހިމެނިފައިވާ ޓީމްތަކަކީ ހުސްސޮގުން، ބޮކި ބްރޮޒް، ޔުނައިޓެޑް ވީ އަދި ވެލާ ސިޓީއެވެ.

މި މުބާރާތުގެ މެޗްތަށް ކުރިޔަށްދާނީ ރޭގަނޑު 8:30 އިން 12:00 އާހަމައަށް އޭދަފުށި ފުޓްސަލް ދަނޑުގައެވެ.

މިއީ މި މުބާރާތް ބާއްވާ 7 ވަނަ އަހަރެވެ.

މުބާރާތުގެ ޝެޑިޔުލް
މުބާރާތުގެ ޝެޑިޔުލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.