“މިނިވަން އުފާ” 3 އޮން 3 ސޮކަރ ކަޕް ފަށައިފި

މިނިވަން އުފާ 3 އިން 3 ސޮކަރ ކަޕް 2 މުބާރާތުގައި ރޭ ދަ ބްލޫސްއާއި އެފްސީ ޑޮލަރ ބައްދަލު ކުރި މެޗްގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިނިވަން އުފާ 3 އިން 3 ސޮކަރ ކަޕް 2 މުބާރާތުގައި ރޭ ދަ ބްލޫސްއާއި އެފްސީ ޑޮލަރ ބައްދަލު ކުރި މެޗްގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކްލަބް ދަ ބިގިނާރސް އިން އިންތިޒާާމްކޮށްގެން ކުރިޔަށްގެންދާ 3 އޮން 3 ފުޓްބޯޅަ މުބާރާތް ރޭ ފަށައިފިއެވެ.

“މިނިވަން އުފާ” 3 އޮން 3 ސޮކަރ ކަޕް 2016 ގެ ނަމުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ރޭ ވަނީ 7 މެޗު ކުޅެފައެވެ. ރޭ ކުޅެން ހަމަޖެހިފައިވާ ފުރަތަމަ މެޗަށް އެފްސީ ހޮޅިމާ ދަނޑަށް ހާޒިރުވެފައި ނުވާތީ އެމެޗް ވަނީ ފެއިމްސް ޔުނައިޓެޑްއަށް ލިބިފައެވެ. ދެވަނަ މެޗުގައި ދަ ބްލޫސް އާއި އެފްސީ ޑޮލަރ ބައްދަލު ކުރި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމްވެސް އެއްވަރުވެގެންނެވެ. ޓީމް ހިކިމިރުސް އާއި އެފްސީ ގުޑުގުޑާ ބައްދަލުކުރި މެޗް ނިމުނީ 1-10 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެފްސީ ގުޑުގުޑާ މެޗް ކާމިޔާބުކޮށްގެންނެވެ. ހަތަރުވަނަ މެޗްގައި ހުސްސޮގުން ޓީމުން ވަނީ 1-4 ގެ ނަތީޖާއަކުން ބޮކި ބްރޯޒް ބަލިކޮށްފައެވެ. ފަސްވަނަ މެޗުގައި މެޗުގައި ފަހަތަށް ފެންއުކާ ޓީމާއި ކައްކަނީ ބައްދަލު ކުރި މެޗް ނިމުނީ 0-3 ގެ ނަތީޖާއަކުން ކައްކަނީ ޓީމް މޮޅުވެގެންނެވެ. ހަަވަނަ މެޗުގައި އެފްސީ އަގްލިއޯ އޮއިލޯ އާއި އެފްސީ ޑްރީމް ބައްދަލުކުރި މެޗް ނިމުނީ 0-1 ގެ ނަތީޖާއަކުން އެފްސީ އަގްލިއޯ އޮއިލޯ މެޗު ކާމިޔާބުކޮށްގެންނެވެ. ހަތްވަނަ މެޗުގައި އެފްސީ ޖަޑާއާއި ޑައުންޓައުން ބައްދަލު ކުރި މެޗް ނިމުނީ 1-2 ގެ ނަތީޖާއަކުން ޑައުންޓައުން މޮޅުވެގެންނެވެ. ރޭ ކުޅުނު ފަހު މެޗްގައި ޔުނައިޓެޑް ވީއާއި ވެލާ ސިޓީ ބައްދަލު ކުރި މެޗް ނިމުނީ 0-1 ގެ ނަތީޖާއަކުން ވެލާ ސިޓީ މެޗް ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގައި މިރޭވެސް 8 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެޗްތަށް ފަށާނީ 8:30ގައެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗްތަށް ނިމޭނީ މާދަމާ ރެއެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.