ސޮނެވާފުއްޓާއި ކިހާދުއްފަރު ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެ

ސޮނެވާއާއި ކިހާދުއްފަރު ބައްދަލުކުރި މެޗްގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސޮނެވާއާއި ކިހާދުއްފަރު ބައްދަލުކުރި މެޗްގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ސޮނެވާފުއްޓާއި ކިހާދުއްފަރު ކުޅުނު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފްގެ ފުރަތަމަ މިނިޓްގައި ސޮނެވާފުށިން ވަނީ މެޗްގެ ފުރަމަތަ ގޯލް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ)އެވެ. މި މެޗްގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ކާމިޔާބުކުރެވޭ ގޮތްނުވެފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ކިހާދުއްފަރު ޓީމުން ގޯލް ޖެހީ މެޗްގެ 69 މިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޒުބައިރުއެެވެ. ކިހާދުއްފަރުން ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކުރި ފަހުންވެސް ވަނީ ލަނޑުޖަހާ ނަތީޖާ ބަދަލުކޮށްލުމަށް ފުރުސަތުލިބިފައެވެ. މި ދެޓީމް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންވަނީ ބަލިވެފައެެވެ.

މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ އަމިއްލަފުއްޓާއި ދުސިތްތާނީއެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.