ސައްޓު ކާމިޔާބުކޮށްދިން ހަމައެކަނި ގޯލުން ޓީ.އެސް.އެމް.އައި.ސީގެ މައްޗަށް ދުސިތް ކުރިހޯދައިފި

ޓީ.އެސް.އެން.އައި.ސީ އާއި ދުސިތް ތާނީ މިއަދު ކުޅުނު މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޓީ.އެސް.އެން.އައި.ސީ އާއި ދުސިތް ތާނީ މިއަދު ކުޅުނު މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ކުރިޔަށްގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ޓީ.އެސް.އެމް.އައި.ސީގެ މައްޗަށް ދުސިތްތާނީ އިން ކުރިހޯދަައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފޯރިގަދަ މިމެޗްގެ ހަމަ އެކަނި ލަނޑު މެޗްގެ 9 ވަނަ މިިނިޓްގައި ކާމިޔާބު ކުރީ ދުސިތް ތާނީއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. ސައްޓު މި ލަނޑު ކާމިޔާބު ކުރި ދަނޑުގެ މެދެއްހާ ހިސާބު އަރިމަތިން ލިބުނު ބޯޅަ ހިފައިގެންގޮސް ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ގޯލްގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވައިލަައިގެންނެވެ.

މި މެޗްގެ ދެވަނަ ހާފްގައި ޓި.އެސް.އެމް.އައި.ސީ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއްް ލިބި ފުރުސަތުތަކުގެ ބޭނުންނުކުރެވިފައެވެ.

ދެން މި މުބާރާތުގެ މެޗެއް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ. އެ މެޗްގައި ބައްދަލުކުރާނީ ކިހާދް މޯލްޑިވްސް އާއި ދުސިތް ތާނީއެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.