މިނިވަން ޗެންޕިއަންޝިޕް މުބާރާތުގައި އޭދަފުށި ކުޅޭ މެޗްތަށް ސެޕްޓެމްބަރ 5 އަދި 8 ގައި

މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުއްޓާއި ށ.ފޯކައިދޫ ބައްދަލުކުރި މެޗްގެތެރެއިން | ފޮޓޯ:ކުޅުދުއްފުށި އޮންލައިން
މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުއްޓާއި ށ.ފޯކައިދޫ ބައްދަލުކުރި މެޗްގެތެރެއިން | ފޮޓޯ:ކުޅުދުއްފުށި އޮންލައިން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވާ މިނިވަން ފުޓްބޯޅަ މުބާރާތުގައި އޭދަފުށި ކުޅޭ މެޗްތަށް އަންނަ ސެޕްޓެމްބަރ މަހު 5 އަދި 8 ގައި ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތުގައި ބާ އަތޮޅުން ބައިވެރިވެފައިވަނީ އެންމެ 2 ރަށުންނެެވެ. އެއީ އޭދަފުއްޓާއި ދަރަވަންދޫއެވެ. މިދިޔަ އަހަރު މި އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ އޭދަފުއްޓާއި ހިތާދޫއެވެ.

އެފް.އޭ.އެމް އިން ބުނީ ދެ ޓީމު ބައިވެރިވި އަތޮޅު ތަކުގައި ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ފައިނަލެއް ކަމަަށެވެ.

މި ފަހަރުގެ މުބާރާތަށް ގެނެވުނު ބަދަލުގެ ދަށުން ދެ ޓީމަށް ވުރެން ގިނަ ޓީމު ބައިވެރިވާ އަތޮޅުތަކުގެ އަތޮޅު މުބާރާތް ކުޅޭނީ ކޮންމެ ވެސް އެއް ރަށެއްގަ އެވެ. އަތޮޅު މުބާރާތް ހޯސްޓުކުރުމަށް ފޯމާއި ޕްރޮޕޯސަލް ހުށަހެޅުމަށް އެފްއޭއެމުން ދިން މުއްދަތު މިހާރުވަނީ ހަމަވެފައެވެ.

ޖުމްލަ 75 ޓީމުން ވާދަކުރާ މި މުބާރާތުގައި އެއް އަތޮޅަކުން އެންމެ ގިނަ ޓީމު ބައިވެރިވެފައިވަނީ ތ. އަތޮޅުންނެވެ.

މި މުބާރާތް ޖުލައި 26 ވަނަ ދުވަހު ތ.ތިމަރަފުށީގައި ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.