މިނިވަން އުފާ ސޮކަރ ކަޕްގެ ދެވަނަ ބުރަށް ދިޔަ ޓީމުތައް ހޮވިއްޖެ

3 އޮން 3 މުބާރާތުގައި ރޭ ކައްކަނީ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
3 އޮން 3 މުބާރާތުގައި ރޭ ކައްކަނީ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކްލަބް ދަ ބިގިނާރސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ “މިނިވަން އުފާ” 3 އޮން 3 ސޮކަރ ކަޕްގެ ދެވަނަ ބުރަށް ދިޔަ ޓީމްތައް ޔަގީންވެއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް ރޭ ވަނީ ކުޅެނިމިފައެވެ. މި މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައިވާ ޓީމްތަކަކީ ޓީމް ކައްކަނީ، ވެލާ ސިޓީ، އަގްލިއޯ އޮލިއޯ ޑައުންޓައުން، އެފްސީ ޑޮލަރ، ފެއިމްސް ޔުނައިޓެޑް، ޓީމް ގުޑުގުޑަ އަދި ޔުނައިޓެޑް ވީއެވެ. ޓީމް ކައްކަނީ ދެވަނަ ބުރަށް ގޮސްފައިވަނީ 7 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ހޯދައިގެންނެވެ. ފެއިމްސް ދެވަނަ ބުރަށް ގޮސްފައިވަނީ ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. ފެއިމްސް އަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނަމަވެސް ޓީމް ކައްކަނީއަށް އެއްވަނަ ލިބުނީ ގޯލްގެތަފާތުންނެވެ.

ގްރޫޕް ބީއިން އެއްވަނައިގެ ގޮތުގައި 7 ޕޮއިންޓާއެކު ދެވަނަ ބުރަށް ގޮސްފައިވަނީ އަގްލިއޯ އޮއިލޯއެވެ. ގްރޫޕްގެ ދެވަނަ 5 ޕޮއިންޓް އާއެކު ދިޔައީ އެފްސީ ޑޮލަރއެވެ.

ގްރޫޕް ސީ އިން 9 ޕޮއިންޓާއެކު އެއްވަނައަށް ޑައުންޓައުންއެވެ. 6 ޕޮއިންޓާއެކު ދެވަނައަށް ގޮސްފައިވަނީ ޓީމް ގުޑުގުޑާއެވެ.

ގްރޫޕް ޑީގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް 7 ޕޮއިންޓާއެކު ގޮސްފައިވަނީ ވެލާ ސިޓީއެވެ. 6 ޕޮއިންޓާއެކު ދެވަނައަށް ގޮސްފައިވަނީ ޔުނައިޓެޑް ވީއެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ މެޗްތައް މިރޭ 9 ޖަހާއިރު ފަށާނެއެވެ.\
9:00 ކައްކަނީ – އެފްސީ ޑޮލަރ
9:30 ވެލާ ސިޓީ – ފެއިމްސް ޔުނައިޓެޑް
10:00 އަގްލިއޯ އޮލިއޯ – ޓީމް ގުޑުގުޑާ
10:30 ޑައުންޓައުން – ޔުނައިޓެޑް ވީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.