ދުސިތް ބަލިކޮށް ކިހާދުއްފަރުން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި

މިއަދު ދުސިތް ތާނީ އަދި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ދުސިތް ތާނީ އަދި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލަައިގެން ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ޖާގައެއް ކިހާދް މޯލްޑިވްސްއިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް ކިހާދުއްފަރު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުން ދުސިތް ތާނީ ބަލިކޮށްގެންނެެވެ. ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއްފެނިގެން ދިޔަ މި މެޗްގައި ކިހާދުއްފަރުން ގޯލް ޖެހީ މެޗްގެ 71 ވަނަ މިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޒުބައިރްއެވެ. މެޗް ނަތީޖާ ހަމަހަމަ ކުރަން ދުސިތް ޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ހާއްސަކޮށް މެޗްގެ ފުރަތަމަ ހާފްގައި އިޝާން އިބްރާހިމް (ސައްޓު) އަށް ގޯލެއް ކާމިޔާބުކުރަން ފޮނުވާލި ބޯޅަ ވަނީ އިދިކޮޅުޓީމްގެ ގޯލްކީޕަރުގެ އަތުން ޖައްސާ ބޭރުކޮށްލާފައެވެ.

މި މެޗުން ދުސިތް ތާނީ ބަލިވި ކަމުގައިވިޔަސް އެޓީމަށްވެސް ވަނީ ސެމީ ފައިނަލުން ޖާގައެއް ޔަގީންވެފައެވެ. ސެމީގެ ފަހު ޖާގަ ކަށަވަރުވާނީ މާދަމާ ހަވީރު ސޮނެވާފުއްޓާއި ޓީ.އެސް.އެމް.އައި.ސީ ބައްދަލުކުރާ މެޗު ނިމުންނެެވެ. ސޮނެވާއަށް ސެމީގެ ޖާގައެއް ކަށަވަރު ކުރެވޭނީ މާދަމާ މެޗް ކާމިޔާބު ކޮށްގެންނެވެ. ޓީ.އެސް.އެމް.އައި.ސީއަށް މާދަމާގެ މެޗް އެއްވަރުކޮށްލައިގެންވެސް ސެމީ ފައިނަލުން ޖާގައެއް ލިބޭނެއެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.