ޓީބީ 3 އޮން 3 ފައިނަލަށް ވެލާ ސިޓީ އަދި ކައްކަނީ ދަތުރުކޮށްފި

ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އަގްލިއޯ އޮއިލޯ އާއި ޓީމް ކައްކަނީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އަގްލިއޯ އޮއިލޯ އާއި ޓީމް ކައްކަނީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކްލަބް ދަ ބިގިނާރސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ “މިނިވަން އުފާ” 3 އޮން 3 ސޮކަރ ކަޕްގެ ފައިނަލަށް ވެލާ ސިޓީ އަދި ޓީމް ކައްކަނީ ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ޓީމް ކައްކަނީ އާއި އަގްލިއޯ އޮއިލޯ ބައްދަލުކުރި މެޗް ނިމުނީ 0-2 ގެ ނަތީޖާއަކުން ޓީމް ކައްކަނީ މޮޅުވެގެންނެވެ. މި މެޗްގައި ޓީމް ކައްކަނީގެ ފުރަތަމަ ލަނޑަކީ އަގްލިއޯ އޮއިލޯގެ އަފްހަމް ރަޝީދު ފައިގަ ޖެހި ބައިކޮޅަށް ވަތް ގޯލްއެކެވެ. ކައްކަނީގެ ދެވަނަ ލަނޑު މެޗް ނިމެން ކައިރި ވެފައި ވަނިކޮށް ކާމިޔާބު ކުރީ އަހުމަދު ނަސީރުއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީމް ކައްކަނީގެ ރައްޒާން ރަޝީދްއެވެ.

މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވެލާ ސިޓީ އާއި ޔުނައިޓެޑް ވީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވެލާ ސިޓީ އާއި ޔުނައިޓެޑް ވީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވެލާ ސިޓީން ވަނީ ފަސޭހަކަމާއެކު 1-4 ގެ ނަތީޖާއަކުން ޔުނައިޓެޑް ވީ ބަލިކޮށް ފައިނަލުގެ ފަހު ޖާޖަ ޔާގީންކޮށްފައެވެ. މި މެޗްގައި ވެލާ ސިޓީން ޖެހި ގޯލްތަށް ކާމިޔާބު ކޮށްދިނީ މޫސަ ސަޢީދް، ޝާހީ މޫސާ އަދި އަބްދުﷲ ޝަރީފްއެވެ. މި މެޗްގައި މޫސާ ސައީދް ވަނީ 2 ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗްގައި ޔުނައިޓެޑް ވީ އިން ކާމިޔާބް ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުލްތޯން ހަބީބްއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވެލާ ސިޓީގެ ޝާހީ މޫސާއެވެ.

މު މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާރޭ 9 ޖަހާއިރު އޭދަފުށި ފުޓްސަލް ދަނޑުގައެވެ. ފައިނަލް މެޗް ކްލަބް ދަ ބިގިނާރސް ފޭސްބުކް ޕޭޖްއިން ލައިވް ސްޓްރީމް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.