ސޮނެވާ ކަޓުވާލުމަށްފަހު ޓީ.އެސް.އެމް.އައި.ސީ ސެމީއަށް

މިއަދު ހަވީރު ސޮނެވާފުށި އަދި ޓީ.އެސް.އެމް.އައި.ސީ ބައްދަލު ކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ސޮނެވާފުށި އަދި ޓީ.އެސް.އެމް.އައި.ސީ ބައްދަލު ކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އޭދަފުށީގައި ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗް ސޮނެވާފުށި ބަލިކޮށް ޓީ.އެސް.އެމް.އައި.ސީ އިން ސެމީ ފައިނަލުގެ ފަހުޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ޓީ.އެސް.އެމް.އައި.ސީ ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުން ސޮނެވާފުށި ބަލިކޮށްގެންނެވެ. ދެޓީމް ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފް ފެށިތާ މާގިނަ އިރުތަކެއްނުވެ ޓީ.އެސް.އެމް.އައި.ސީ އިން ވަނީ ގޯލެއް ޖަހާ ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ސުޖާންއެވެ. ޓީ.އެސް.އެމް.އައި.ސީގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު މުހައްމަދު ފާސިރު (ފާއްޓެ) ކާމިޔާބު ކޮށްދިނީ ވޯލް މަތިން ގޯލްގެ އަރިމަތީކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މި މެޗްގައި ސޮނެވާފުށިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ޖެހީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޖަޒްލާންއެވެ.

ެމި ނަތީޖާއާއެކު ގޯލްގެ ތަފާތުން ތާވަލްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދިޔައީ ޓީ.އެސް.އެމް.އައި.ސީއެވެ. ތާވަލްގެ ދެވަނަ ލިބުނީ ދުސިތް ތާނީއަށެެެވެ. ތިންވަނަ ލިބުނީ ކިހާދު މޯލްޑިވްސްއަށެެވ.

މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އަންނަ ހޯމް ދުވަހު ބައްދަލު ކުރާނީ ޓީ.އެސް.އެމް.އައި.ސީ އާއި ދުސިތް ތާނީއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި އަންނަ ބުދަ ދުވަހު ބައްދަލު ކުރާނީ ކިހާދް މޯލްޑިވްްސް އާއި ސެމީ ފަައިނަލްގެ ފުރަަތަމަ މެޗުން ބަލިވާ ޓީމާއެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.