ކެންދޫ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއު ސްޓާ އަށް

ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެނީ
ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެނީ

ބ. ކެންދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ރަށު ނިއު ސްޓާރ އެފްސީ ހޯދައިފި އެވެ.

ކެންދޫ ކައުންސިލުން ޗެމްޕިއަން ޓީމަށް 15،000ރ. ހުށަހަޅާފައިވާ މުބާރާތް ނިއު ސްޓާ އިން ކާމިޔާބުކުރީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ވިނާސް ބޯއީސް އަތުން 2-3 އިން މޮޅުވެގެންނެވެ. މުބާރާތުގެ ރަނައަޕް ޓީމަށް ދީފައިވަނީ 6000ރ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގައި އެންމެގިނަ ލަނޑުޖެހި ނިއުސްޓާ ގެ ހުސައިން ނަޒީހު އާއި ވިނާސް ބޯއީސްގެ ހުސައިން ސުޖާއު އާއި ހުސައިން ރަޝީދު އާއި ޑީއެސްއާރުސީގެ ޔާސިރު އަހްމަދު އަދި ގްލޯރިއަސް ވިކްޓްރީގެ މުހައްމަދު ޝިމާނު އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ގްލޯރިއަސް ވިކްޓަރީ އެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ރީހާން އެވެ․

ކެންދޫ ކައުންސިލުން ބުނީ މި އަހަރުގެ މުބާރާތުގައިވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެގޮތުން ޚާއްޞަ ގޮތެއްގައި އެސްޓީއޯ، ދިރާގު، ފްލައިމީ، ތިލަފުށި ކޯޕަރޭޝަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ޢަލީ ހުސައިންގެ ނަން ކެންދޫ ކައުންސިލުން ފާހަގަ ކުރެއްވި އެވެ․

މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ކެންދޫ ކައުންސިލުން މި މުބާރާތް ބޭއްވި ދެވަނަ އަހަރެވެ․

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.