ޓީބީ 3 އޮން 3 ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ވެލާ ސިޓީ ހޯދައިފި

ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ޒަހާން ޒާހިރް
ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ޒަހާން ޒާހިރް

ކްލަބް ދަ ބިގިނާރސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ “މިނިވަން އުފާ” 3 އޮން 3 ސޮކަރ ކަޕްގެ ޗެންޕިއަންކަން ޓީމް ކައްކަނީ ބަލިކޮށް ވެލާ ސިޓީ ހޯދައިފިއެވެ.

މިރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗް ވެލާ ސިޓީ ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ވެލާ ސިޓީގެ ގޯލްތަށް ކާމިޔާބުކޮށްދިނީ މޫސާ ސައީދް އަދި ޝާހީ މޫސާއެވެ. މޫސާ ސައީދް ވަނީ މި މެޗްގައި 2 ގޯލް ޖަހާފައެވެ. ޓީމް ކައްކަނީ ގެ ގޯލްތަށް ކާމިޔާބުކޮށްދިނީ ރައްޒާން ރަޝީދު އަދި ގައްސާމް މުހައްމަދެވެ.

ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވެލާ ސިޓީގެ މޫސާ ސަޢީދްއެވެ.

މި މުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިނަށް ހޮވިފައިވަނީ ވެލާ ސިޓީގެ މޫސާ ސަޢީދް،ޓީމް ކައްކަނީގެ ރައްޒާން ރަޝީދު އަދި ގައްސާމް މުހައްމަދެވެ. މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ކައްކަނީއެވެ. މުބާރާތުގައި އެންމެ ގިން ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކައްކަނީގެ ގައްސާމް މުހައްމަދެވެ. އޭނާ ވަނީ މި މުބާރާތުގައި 10 ގޯލް ޖަހާފައެވެ.

މިއީ ކްލަބް ދަ ބިގިނާރސް އިން މި މުބާރާތް ބޭއްވި 7 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.