ޓީ.އެސް.އެމް.އައި.ސީ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ދުސިތް ހޯދައިފި

ޓީ.އެސް.އެމް.އައި.ސީ އާއި ދުސިތް ތާނީ މިއަދު ކުޅުނު މެޗެގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޓީ.އެސް.އެމް.އައި.ސީ އާއި ދުސިތް ތާނީ މިއަދު ކުޅުނު މެޗެގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން މިހާރު ކުރިޔަށްދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗް ދުސިތް ތާނީ ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް ދުސިތް ތާނީ ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުން ޓީ.އެސް.އެމް.އައި.ސީ ބަލިކޮށްގެންނެެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއްނުޖެހިއެވެ. ދުސިތްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ 64 ވަނަ މިނިޓްގައެވެ. މި ގޯލް އަކީ ޓީ.އެސް.އެމް.އައި.ސީ ގެ އާދަމް އިމްޖާދް ބައިކޮޅަށް ޖެހި ގޯލްއެކެވެ. ދުސިތް ތާނީގެ ފަހު ގޯލް ފެނިގެން ދިޔައީ މެޗްގެ 83 ވަނަ މިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. މި މެޗްގައި ސައްޓުއަށް ވަނީ ގޯލް ޖަހާނެ ރަނުގެ ފުރުސަތުތަކެެއް ލިބިފައެވެ.

މި ނަތީޖާއާއެކު ޓީ.އެސް.އެމް.އައި.ސީ ދެން ކުޅެން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ކިހާދް މޯލްޑިވްސް އާ ދެކޮޅަށެވެ. މި މެޗް އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.