ބައްޓޭގެ ބަންދަށް 7 ދުވަސް ޖަހައިފި

ބައްޓޭ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން އިރުޝާދު ދިނުމުގައި ފޮޓޯ / އައްޑޫ ލައިވް
ބައްޓޭ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން އިރުޝާދު ދިނުމުގައި– ފޮޓޯ / އައްޑޫ ލައިވް

ވަގު ޑޮލަރުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މުހައްމަދު ޒާހިދު (ބައްޓޭ) ގެ ބަންދަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން 7 ދުވަސް ޖަހައިފި އެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު އޭދަފުށީގައި ބާއްވާ އެންމެ ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް އުޅޭ ޒާހިދު ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ.

އޭނާ ހައްޔަރުކުރީ ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި ގޮތުގައި ވަގު ޑޮލަރުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. އެކަމަކު، އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި ޒާހިދު ހައްޔަރުކުރި މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅައިފަ އެވެ. އަދި މިއަދު އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ޒާހިދު ހާޒިރުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތަކެއް ކުރިއަށްގެންގޮސްފައިވާ ކަންވެސް އެނގިފައިވެ އެވެ.

ބައްޓޭ ވަގު ޑޮލަރު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، މިދިޔަ ރޯދަމަހު ވަގު ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިރަށުން ބިދޭސީންތަކަކާއި ދިވެހިންތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ގިނަ އަދަދެއްގެ ވަގު ޑޮލަރު މިރަށުން ފެނިފައިވާކަންވެސް އެނގިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އިމްޔާނު

    ޑޮލަރު ވަގެއް ނުވާނެ. ވަގުވާނީ މީހުން. އެހެންވީމާ ވަގު ޑޮލަރު ނުކިޔާ. މިއަށް ކިޔޭނީ ޞައްޙަ ނޫން ޑޮލަރު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.