ކިހާދުއްފަރު ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީ.އެސް.އެމް.އައި.ސީ އަށް

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ކިހާދް މޯލްޑިވްސް އާއި ޓީ.އެސް.އެމް.އައި.ސީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ކިހާދް މޯލްޑިވްސް އާއި ޓީ.އެސް.އެމް.އައި.ސީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބ.އޭދަފުށީގައި ކުރިޔަށްގެންދާ އިންޓަރ-ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޓީ.އެސް.އެމް.އައި.ސީ ހޯދައިފިއެވެ.

މިއަދު ހަވީރު ޓީ.އެސް.އެމް.އައި.ސީ އާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި ސެމީ ފައިނަލުގެ ދެވަނަ މެޗް ނިމުނީ 1-3 ގެ ނަތީޖާއަކުން ޓީ.އެސް.އެން.އައި.ސީ މޮޅުވެގެންނެވެ. މި މެޗް ގެ އަދި ޓީ.އެސް.އެމް.އައި.ސީ ގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ މެޗްގެ 2 ވަނަ މިނިޓްގައެވެ. މި ގޯލް އަކީ ކިހާދު މޯލްޑީވްސް ގެ އަލީ އަމްޖަދް ބައިކޮޅަށްޖެހި ގޯލްއެކެވެ. ޓީ.އެސް.އެމް.އައި.ސީ ގެ ފަހު ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ހަސަން ސުޖާއުއެވެ. ކިހާދުއްފަރު ޓީމުން ޖެހި މެޗްގައި ޖެހި ހަމައެކަނި ގޯލް 80 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ހުސައިންނެެވެ.

މި ނަތީޖާއާއެކު ޓީ.އެސް.އެމް.އައި.ސީ ވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. ފައިނަލުގައި ޓީ.އެސް.އެމް.އައި.ސީ ނިކުންނަން ޖެހޭނީ ދުސިތް ތާނީ އާ ދެކޮޅަށެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.