ޕެނަލްޓީ ޖަހައިގެން ދުސިތް ބަލިކޮށް ޓީ.އެސް.އެމް.އައި.ސީ ޗެންޕިއަންކަން ހޯދައިފި

އިންޓަރ އިސޯޓް ފުޓްބޯޅް މުބާރާތުގެ ޗެންޕިއަން ޓީމް (ޓީ.އެސް.އެމް.އައި..ސީ) ޗެންޕިއަން ޓްރޮފީ އާއެކު | އީޓީ ފޮޓޯ :ރާއިފް ޔޫސުފް
އިންޓަރ ރިސޯޓް ފުޓްބޯޅް މުބާރާތުގެ ޗެންޕިއަން ޓީމް (ޓީ.އެސް.އެމް.އައި..ސީ) ޗެންޕިއަން ޓްރޮފީ އާއެކު | އީޓީ ފޮޓޯ :ރާއިފް ޔޫސުފް

ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބ.އޭދަފުށީގައި ކުރިޔަށް ގެންދިޔަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޓީ.އެސް.އެމް.އައި.ސީ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުވެސް އޮތީ 2 -2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މި މެޗް ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. ދެން ފެނިގެން ދިޔައީ ޓީ.އެސް.އެމް.އައި.ސީ ގެ މުހައްމަދު ތިހާމް ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރި ތަނެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ދުސިތް ތާނީގެ ޖާޒީ ނަންބަރ 33 މުހައްމަދު ރަޝީދު ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. މެޗުން ދުސިތް ތާނީ މޮޅުވާން ދަނިކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޓީ.އެސް.އެމް.އައި.ސީއަށް ކާމިޔާބުކޮށްދިނީ މުހަައްމަދު ފާސިރު (ފާއްޓެ)އެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުގެ ވެސް ނަތީޖާ އެއްވަރު ވެފައިވާތީ ޕެނަލްޓީޖަހައިގެން 0-3 ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކުރީ ޓީ.އެސްް.އެމް.އައި.ސީއެވެ. ދުސިތް ތާނީ މޯލްޑިވްސްއިން ޖެހި 3 ޕެނަލްޓީ ވެސް ވަނީ ޓ.އެސް.އެމް.އައި.ސީގެ ގޯލް ކީޕަރ އަބްދުﷲ ޒިޔަޒަން ވަނީ ދިފާޢުކޮށްފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރ އަކަށް ހޮވިފައިވަނީ ދުސިތް ތަނީ މޯލްޑިވްސް ގެ ޖާޒީ ނަންބަރު 18 އަހުމަދު ސިނާންއެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާގެ މަޤާމަށް ޓީ.އެސް.އެމް.އައި.ސީގެ ޖާޒީ ނަންބަރު 2 މުހައްމަދު ތޯރިގް ހޮވުނު އިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ދުސިތް ތާނީ މޯލްޑިވްސްގެ ޖާޒީ ނަންބަރު 10 އަހުމަދު ލަތީފްއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑް އަކަށް ހޮވިފައިވަނީ ދުސިތް ތާނީގެ މޯލްޑިވްސްގެ ޖާޒީ ނަންބަރު 23 އިޝާން އިބްރާހިމްއެވެ.

މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ދުސިތް ތާނީ މޯލްޑިވްސްގެ އިޝާން އިބްރާހިމްއެވެ.

މި މުބާރާތުގެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޓީ.އެސް.އެމް.އައި.ސީގެ ޖާޒީ ނަންބަރ 4 އާދަމް އިމްޖާދްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ދުސިތް ތާނީ މޯލްޑިވްސްގެ ޖާޒީ ނަންބަރު 10 އަހުމަދު ލަތީފްއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީ.އެސް.އެމް.އައި.ސީގެ ކޯޗް ނިޒާމްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.