އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލައްޗޭ އަށް

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލައްޗޭއަށް ދެނީ  | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލައްޗޭއަށް ދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅުގެ ރިސޯޓުތަކަށް އަމާޒުކޮށްގެން ބޭއްވި ފަސްވަނަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ދުސިތް ތާނީ މޯލްޑިވްސް ޓީމުގެ އަޙްމަދު ލަޠީފް (ލައްޗޭ) ހޯދައިފިއެވެ.

މޮޅު ކުޅުންތެރިޔާގެ އިތުރުން ލައްޗޭ ވަނީ މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް ގެ މަޤާމުވެސް ހޯދާފައެވެ.

މުޅި މުބާރާތުގައިވެސް މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި ލައްޗޭ ވަނީ ދުސިތް ޓީމު ފައިނަލަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ދުސިތް ޓީމު ފައިނަލުގައި ބަލިވީ ޓީ.އެސް.އެމް.އައި.ސީ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

ލައްޗޭ ވަނީ މީގެ ކުރިން އެއްވަނަ ޑިވިޝަންގައި ވާދަކުރި އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަށް ވެސް ކުޅެފައެވެ. އެއްވަނަ ޑިވިޝަން ފުޓްބޯޅައިގައި ދެއަހަރު ކުޅުމަށްފަހު ލައްޗޭ ފެނިގެންދަނީ އަތޮޅު ފެންވަރުގެ މުބާރާތްތަކާއި ޒޯން ފުޓްބޯޅަ މުބާރާތްތަކުގައެވެ. އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައިން ލައްޗޭ ދުރަށް ދިޔައީ އޭނާއަށް ދިމާވި އަނިޔާގެ މައްސަލަތަކާއި ގުޅިގެންނެވެ. މެދުތެރެއިން އަބަދުވެސް މޮޅަށް ކުޅޭ ލައްޗޭ އަކީ އޭދަފުށީ ފުޓްބޯޅަ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.