ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދެނީ

ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބ. ޓީއާރުސީގައި ކިޔަވައިދެނީ-- އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބ. ޓީއާރުސީގައި ކިޔަވައިދެނީ– އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

އަންނަ އޮކްޓޯބަރު މަހު ފަށާ ޖީސީއީ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުވުމުގެ ގޮތުން ބ. އަތޮޅުގެ ބައެއް ސކޫލުތަކުގެ ދަރިވަރުންނަށް ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް އެންރިޗްމަންޓް ކްލާސްތަކެއް ނަގައިދޭން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ މިނިސްޓްރީ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ބ. ޓީއާރުސީގައި ކުރިއަށްގެންދާ މި ކްލާސްތަކަކީ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުވައި، އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރުމުގެ ގޮތުން އަދި އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި ބ. ޓީއާރުސީގައި ގާއިމްކުރެވިފައިވާ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގުޅުވާލައިގެން މިދިޔަ ޖުލައި މަހުގެ 24 ން ފެށިގެން ކުރިއަށް ގެންދާ މި ކްލާސްތަކުގައި ކިޔަވައިދެއްވަނީ އެ މާއްދާއެއްގެ އެންމެ ގާބިލް ޓީޗަރުންނެވެ.

ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބ. ޓީއާރުސީގައި ކިޔަވައިދެނީ-- އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބ. ޓީއާރުސީގައި ކިޔަވައިދެނީ– އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

އެގޮތުން މިދިޔަ ޖުލައި 24 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެކައުންޓިން މާއްދާގެ ކްލާހުގައި ކިހާދޫ ސްކޫލާ، މާޅޮހު ސްކޫލާ، ކެންދޫ ސްކޫލާ، ދޮންފަނު ސްކޫލާ، ބ. އަތޮޅު ސްކޫލް އަދި ގޮއިދޫ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. ހަމަ މި ސްކޫލްތަކަށް ޖުލައި 25 ވަނަ ދުވަހާއި ޖުލައި 31 ވަނަ ދުވަހުގެ އެކައުންޓިންގެ އިތުރު ކްލާހެއް ނަގައިދީފައިވާ އިރު، މި ކްލާސްތަކަށް ޖުމްލަ 41 ދަރިވަރުން ބައިވެރިވެފަިއވާ ކަމަށް އެޑިޔުޚޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި މި މަހުގެ 1 ން 3 ށް ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބ. އަތޮޅު ސްކޫލުގެ 32 ދަރިވަރަކަށް ކެމިސްޓްރީ ކްލާހެއް ނަގާދެވިފައިވާ އިރު، މި މަހުގެ 4 ވަނަ ދުވަހު ވަނީ ދޮންފަނު ސްކޫލާ، ހިތާދޫ ސްކޫލާ، ކެންދޫ ސްކޫލާ، ކުޑަރިކިލު ސްކޫލް އަދި ކަމަދޫ ސްކޫލުގެ 50 ދަރިވަރަކަށް އިނގިރޭސި ކުލާހެއް ނަގައިދެވިފަ އެވެ.

މީގެ އިތުރުން، މި މަހުގެ 5 ވަނަ ދުވަހު މާޅޮހު ސްކޫލާ، ކެންދޫ ސްކޫލް އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 20 ދަރިވަރުންނަށް އެކައުންޓް ކްލާހެއް ކުރިއަށް ގެންގޮސްފައިވާ އިރު، މި މަހުގެ އިތުރު ދުވަސްތަކަށް ބަހާލައިގެން ބ. އަތޮޅުގެ ސްކޫލްތަކަށް ކެމިސްޓްރީ، ޓްރެވަލް އެންޑް ޓްއަރިޒަމް އަދި މެރިން ސައިންސް ފަދަ މާއްދާތަކުން އިތުރު ކްލާސްތައް ނަގައިދިނުމަށް ވަނީ ތާވަލުކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބ. ޓީއާރުސީގައި ކިޔަވައިދެނީ-- އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބ. ޓީއާރުސީގައި ކިޔަވައިދެނީ– އީޓީ ފޮޓޯ/ ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި އައްޑޫ ޓީއާރުސީ ގުޅުވާލައިގެން އައްޑު އަތޮޅު ހިތަދޫ ސްކޫލުގެ 37 ދަރިވަރަކަށް ދިވެހި ކްލާހެއް ކުރިއަށް ގެންގޮސްފަ އެވެ.
ބ. އަދި އައްޑޫ އަތޮޅުގެ އިތުރުން ނ. ގއ. އަދި ގދ. އަތޮޅުގެ ސްކޫލްތަކަށް މި ފަދަ އެންރިޗްމަންޓް ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.