ސޮނެވާ “ޖޫނިއާ ހޮސްޓް” އެޕްރެންޓިސްޝިޕަށް ފުރުސަތު ހުޅުވާލައިފި

ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވި ދަރިވަރުން، ފައިލް ފޮޓޯ
ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވި ދަރިވަރުން، ފައިލް ފޮޓޯ

ސޮނެވާ “ޖޫނިއާ ހޮސްޓް” ގެ ނަމުގައި އެ ރިސޯޓުގައި ކުރިއަށްގެންދާ އެޕްރެންޓިސްޝިޕްގެ މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސޮނެވާފުށީ ރިސޯޓުން ބުނި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާއިރު ސޮނެވާފުށީގައި އެ ދަރިވަރުން އެކި ޑިޕާޓްމަންޓްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ބާއްވާ މި ޕްރޮގްރާމަށް ބައިވެރިން ހޮވަނީ ސޮނެވާފުށީގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން އަތޮޅުތަކަށް ވަޑައިގެން، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ދަރިވަރުންނާ އިންޓަވިއުކޮށް ޓެސްޓެއް ހެދުވުމަށްފަހު އެވެ.

އެގޮތުން މާލޭގައި މި މަހުގެ 20 ގައި އޯޕެންޑޭ ކުރިއަށް ގެންދަން ނިންމާފައިވާއިރު، އޭދަފުށީގައި ކުރިއަށް ގެންދާނީ މިމަހުގެ 25ގަ އެވެ. އަދި އައްޑޫ ސިޓީގައި މިމަހުގެ 28ގަ އެވެ. މ

މި ޕްރޮގްރާމުގައި ބައިވެރިވަން ބޭނުންވާ ޒުވާނުން jobs-maldives@soneva އަށް ސީވީ މެއިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވަލައިފައެވެ. މި ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތު ސޮނެވާފުށީގެ ނަންބަރު 6603244 އަދި 6603245 އިން ލިބޭނެއެވެ.

ސޮނެވާ “ޖޫނިއާ ހޮސްޓް” އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ މަހުގައި ބައިވެރިންނަށް ރިސޯޓުގެ ހޮސްޕިޓަލިޓީ ދާއިރާގެ ހުރިހާ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ތިއަރީގެ ބައިތައް ވެސް ކުރިއަށްގެންދެ އެވެ. އަދި ބާކީ 11 މަހުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަކުން ކިޔަވައިދެ އެވެ.

އެކި ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ކިޔަވައިދޭ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން 16 ދަރިވަރުން ބައިވެރިވި އެވެ.

ސޮނެވާފުށި ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވި ދަރިވަރުން، ފައިލް ފޮޓޯ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.