ރަންނާ އެވޯޑުގައި ފައިސާގެ ބޮޑެތި އިނާމުތަކެއް

ranna-award

ބ. އަތޮޅު ކައުންސިލުން ތައާރަފުކޮށްފައިވާ “ރަންނާ އެވޯޑް” ލިބޭ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ފައިސާގެ ބޮޑެތި އިނާމުތަކެއްދޭން އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ރަންނާ އެވޯޑުގެ ގޮތުގައި ހޮވޭ ތިން ކައުންސިލަށާއި އަންހެނުންގެ ކޮމެޓީއަށް އެވޯޑުގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި އަތޮޅު ކައުންސިލުން ދޭން ނިންމާފައިވަނީ އެއްލައްކަ ފަންސަވީސްހާސް ރުފިޔާ އެވެ.

އެގޮތުން އެއްވަނަ ކައުންސިލަށް ބައިލަކައްކަ ރުފިޔާ އަދި ދެވަނަ ކައުންސިލަށް 30،000ރ ދޭން ނިންމާފައިވާއިރު ތިންވަނަ އަށް ހޮވޭ ކައުންސިލަށް ދޭން ނިންމާފައިވަނީ 20،000ރ އެވެ. އަދި އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީއަށް ދޭން ނިންމާފައިވަނީ 25،000ރ އެވެ.

ރަންނާ އެވޯޑް” ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

މި އެވޯޑު ނައިޓްގައި ތަފާތު ދާއިރާތަކުން ބ. އަތޮޅަށް ދިގުމުއްދަތަކަށް، ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ބ އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް އެވޯޑު ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓެއްވެސް މި އެވޯޑު ނައިޓްގައި ހޮވާނެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އަލަށް ތައާރަފުކުރި “ރަންނާ” އެވޯޑަށް ރަނގަޅު ތަރުހީބެއްލިބިފައިވާ ކަމަށާއި ހަފްލާ ބޭއްވުމަށް ވަރަށްބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެވޯޑު ތައާރަފްކުރުމަށާއި އެވޯޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އަތޮޅު ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެވޯޑް ދިނުމުގެ ހަފްލާ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.