އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދިވެސް ސަސްޕެންސަނުގައި

އޭދަފުށީ މެޖިސްޓްރޭޓް ކޯޓް. ޖޭއެސްސީ އިން އަންނަ މައްސަލައަކާ ގުޅިގެން، އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދިވެސް ހުރީސަސްޕެންޑްކޮށްފައި.— އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ މެޖިސްޓްރޭޓް ކޯޓް. ޖޭއެސްސީ އިން އަންނަ މައްސަލައަކާ ގުޅިގެން، އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދިވެސް ހުރީސަސްޕެންޑްކޮށްފައި.— އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލައަކާ ގުޅިގެން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސަސްޕެންޑްކޮށްފައި ހުންނަތާ 5 މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް އަހްމަދު ލަތީފަށް އަންގާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ފަހުކޮޅު އެވެ.

އަހްމަދު ލަތީފް ސަސްޕެންޑްކުރީ އޭނާއާ މެދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނިމެންދެން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެކަމަކު ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް ޖޭއެސްސީން ނުބުނެ އެވެ.

އޭދަފުށީ މެޖިސްޓްރޭޓާ ގުޅުން ހުރި މައްސަލައެއް ބަލަމުން އަންނަ މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ތަޙުގީގު ކޮމިޓީން އެ މައްސަލައިގެ ތަޙުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެން ޖެހޭ ފުރުސަތަކަށް ފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.

އަހްމަދު ލަތީފު ސަސްޕެންޑްކުރިފަހުން އޭދަފުށީ މެޖިސްޓްރޭޓް ކޯޓްގައި މައްސަލަތައް ބަލަމުން ގެންދަނީ މާޅޮހު ކޯޓުގެ މެޖިސްޓްރޭޓް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.