ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ޓްރޭނިން ޕްރޮގްރާމެއް ބ. އޭދަފުށީގައި ފަށައިފި އެވެ.
ބ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އިއްޔެފެށި މި ޕްރޮގްރާމުގައި މިއަތޮޅުގެ ކައުންސިލް އިދާރާތަކުން މީހުން ވަނީ ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ، ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދީ، ޕްލޭންތައް އެކުލަވާލުމުގައި ބޭނުންކުރާ ޓެމްޕްލޭޓްތަކާއި އާލާތްތަކަށް އަހުލުވެރި ކުރުވުމެވެ.
މި ޓްރޭނިން ޕްރޮގްރާމް ނިމޭނީ މާދަމާ އެވެ.