މާޒިޔާ އިން ތުޅާދޫގައި ފުޓްބޯޅަ އެކަޑަމީ ގާއިމުކުރަނީ

ތުޅާދޫ ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތެއްގައި ކުޅެނީ. އެރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރަން މާޒިންވަނީ މަސައްކަތް ފަށާފައި
ތުޅާދޫ ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތެއްގައި ކުޅެނީ. އެރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރަން މާޒިންވަނީ މަސައްކަތް ފަށާފައި

މާޒިޔާ ސްޕޯޓަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ބ․ ތުޅާދޫގައި ފުޓްބޯޅަ އެކަޑަމީ ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިދިޔަ ހަފްތާގައި އެފްއޭއެމް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި ތުޅާދޫގެ އިތުރުން އެކަޑަމީގެ މަސައްކަތް ފަށަން މާޒިޔާ އިން ސޮއިކުރީ ހދ. ނޮޅިވަރަމް، ރ. ދުވާފަރު، އަދި ނ. ހޮޅުދޫގެ ފަރާތްތަކާ އެކު އެވެ.

މާޒިޔާ އިން ބުނީ އެކަޑަމީގެ މަސައްކަތް ފަށަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެެވެ.

މާޒިޔާގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވި ގޮތުގައި އެ ކްލަބުން މި ހަތަރު ރަށުގައި އެކަޑަމީގެ މަސައްކަތް ފަށަން ނިންމީ ރަށްރަށުގެ ކުދިންނަށް ވެސް އެންމެ ރަނގަޅު ފެންވަރުގައި ފުޓްބޯޅައިން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ․

“މި ރަށްތަކުގެ ހުރިހާ ކުދިންނަށް ވެސް އެކަޑަމީއާ ގުޅުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެން ފުރަތަމަ މިދެނީ ކޮންމެ ރަށަކަށް ވެސް 50 ކުޅުންތެރިންނަށް ބޭނުންވާ ސާމާނު. މި ރަށްތަކުން ވަރަށް ފުރިހަމަ އަށް ސަޕޯޓް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،” ވައްހާބު ވިދާޅުވި
އެވެ.

އޭނާ ވިދާޅުވީ އެކަޑަމީ މި ފެށި ހަތަރު ރަށަކީ މާޒިޔާއާ އަބަދުވެސް ގާތްގުޅުމެއް ބަހައްޓަމުން އަންނަ ރަށްރަށް ކަމަށެވެ.

“އަޅުގަނޑުމެން މި ރަށްތަކުގައި އެކަޑަމީ ފަށަން ނިންމީ އެ ފަރާތްތަކުން އެކަމަށް އެދިގެން. ފުރަތަމަ މި ހަތަރު ރަށުގައި ފެށި ނަމަވެސް ކުރިއަށްދާ ގޮތަށް ބަލާފައި މި އަހަރު ތެރޭގައި އިތުރު ތިން ރަށެއްގައި އެކަޑަމީ ފެށޭނެ ކަމަށް ބެލެވޭ،” ވައްހާބު ވިދާޅުވި އެވެ.

މި ވަގުތު ރަށްރަށަށް ދެނީ އެކަޑަމީ އަށް ބޭނުންވާ ސާމާނުކަމުގައިވީ ނަމަވެސް މުސްތަގުބަލުގައި ސްޕޮންސަރުން ލިބޭ ވަރަކުން އެ ރަށްތަކުގެ ފުޓްބޯޅައިގެ ޑިވެލޮމެންޓަށް ވެސް މަސައްކަތް ކުރާނެ ކަމަށް މާޒިޔާ އިން ބުނެ އެވެ.

މާޒިޔާ އިން އެކަޑަމީ ހެޑްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.