ރެޑްވޭވް ސަލީމް ޕީޕީއެމްގެ ވައިބަ ގުރޫޕުން ބޭރުކޮށްލައިފި

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މިހާރު
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވޯޓު ނެގި ވަގުތު މަޖިލިހަށް ވަޑައިނުގެންނެވި، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ޕީޕީއެމްގެ ވައިބަ ގުރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.

ޕީޕީއެމްގެ ވައިބަ ގުރޫޕުން އޭނާ ބޭރުކޮށްލިއިރު، ސަރުކާރާ ދެކޮޅަށް އަދި ހާއްސަކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު ބިލަށް ޕީޕީއެމްގެ ތެރެއިން ފާޅުގައި އެންމެ ފުރަތަމަ ތެދުވި މެމްބަރުންގެ ތެރޭގައި ސަލީމު ހިމެނި ވަޑައިގަންނަވަ އެވެ․

އަދި ސަލީމާއި މުސްތަފާ ފާހަގަ ކުރެވިފައި ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް ވައިބަ ގުރޫޕުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ގޮތުގަ އެވެ.

ބިލަށް ވޯޓަށް އެހި ގަޑީގައި ސަލީމްގެ އިތުރުން ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މަޖިލިހަށް ވަޑައިނުގަންނަވަނީ މަޑުއްވަރީ ދާއިރާގެ އަހުމަދު އަމީތު އަދި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދެވެ.

މިއަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ވަނީ މި ބިލާ ދެކޮޅަށް ފާޅުގައި ވާހަކަދައްކައި އަދި މިއަދު ޖަލްސާއަށް ވަޑައިގެން ބިލާ ދެކޮޅަށް ވޯޓްވެސް ދެއްވައިފަ އެވެ․

މި ބިލާ ދެކޮޅަށް ޕީޕީއެމުން މިއަދު ވޯޓު ދެއްވީ މުސްތަފާގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ. މުސްތަފާ ވަނީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމްގެ ވައިބަ ގުރޫޕުން ބޭރުކޮށްލައިފަ އެވެ․

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.