ވޯޓްގައި ބައިވެރިނުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، އަޅާފާނެ ފިޔަވަޅަކަށް ޖެހިލުމެއް ނުވޭ: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)– ފޮޓޯ/ މަޖިލިސް

ސަރުކާރުން ހުށަހަޅައިގެން އިއްޔެ ފާސްކުރި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ބިލަށް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް ހައްދަވައި އޭނާ އެ ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވީ ރައްޔިތުންގެ ވިއްދާ އެއްގޮތަށްކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުން މަގުސަދަކަށް ހަދައިގެން ފާސްކުރި ބިލަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަލީމު އަންނަނީ ދެކޮޅުހައްދަވަމުންނެވެ.

ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ބިލަކަށް “އާއެކޭ” ބުނާނެ ކަމަށެވެ.

“އެނޫން ކޮންމެ ކަމެއްގައި ނޫނެކޭ ބުނުމުގެ ހިތްވަރު އެބަހުރި، ޕާޓީން ސަރުކާރުން އަޅާފާނެ ފިޔަވަޅަކަށް ޖެހިލުމެއް ނުވޭ،” ޕީޕީއެމް މަޖިލިސް މެމްބަރުންގެ ތެރެއިން އެންމެ ސީނިއަ އެއް ބޭފުޅުކަމަށްވާ ސަލީމް ވިދާޅުވި އެވެ.

ސަލީމު ވިދާޅުވީ ފާޑުކިޔުމާއި ހިޔާޅުފާޅުކުރުމަކީ އިސްލާމް ތާރީހުގައި މުސްލިމުންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި އެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ހުށަހަޅާ ބިލުތަކަށް ތާއިދު ނުކުރެވޭނެ ކަމަށެވެ.

“ގޯސްކޮށް ކަމެއް ހިނގާނަމަ އެކަމުގެ ބަސް އިއްވުމުގެ ފުރުސަތު އޮންނަންވާނެ،”

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް ވޯޓު ދެއްވުމަށް އޭނާ އިއްޔެ ރައްޔިތުންގެ މަޖިލިހަށް ވަޑައިނުގެންނެވި މައްސަލާގައި ވަނީ ޕީޕީއެމް ޕީޖީ ވައިބަ ގުރޫޕުން ރޭ ބޭރުކޮށްލައިފަ އެވެ.

ޕީޖީ ގުރޫޕުގެ މި ފިޔަވަޅާ އެކު، މަޖިލިހުގައި ސަލީމް ތަމްސީލްކުރައްވާ ހަމައެކަނި ކޮމިޓީ، މާލިއްޔަތު ކޮމިޓީން ވެސް އޭނާ ވަނީ ރޭ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ކެބިނެޓް މިނިސްޓަރުން ހިމެނޭ ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން އޭނާ މިއަދު ނުކުމެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.