އޯލެވެލްގެ ގަދަ 10 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 12 ދަރިވަރުން

ގަދަ 10 ގަިއ ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން-- ފޮޓޯ / ހަރުޝާ
ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން– ފޮޓޯ / ހަރުޝާ

ޖީސީއީ އޯލެވެލްގެ މިދިޔަ އަހަރުގެ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ރާއްޖޭގެ ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 12 ދަރިވަރަކު ހިމެނިއްޖެ އެވެ.

ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 12 ދަރިވަރުން

    2 ވަނަ، އަޝްހާ ޢަލީ ވަހީދު، އަލިތަރި / ބ. އޭދަފުށި
    2 ވަނަ، ޝަމާއިލް މުހައްމަދު ނަސީރު، ހިޔާ / ބ. ހިތާދޫ
    2 ވަނަ އައިމަން ހަބީބު، ލައިޓްހައުސް / ބ. އޭދަފުށި
    2 ވަނަ ޝަފާ އަބްދުލްކަރީމް / ބ. އޭދަފުށި
    3 ވަނަ، އައިޝަތު ޒީނާ އަބްދުލް ޖަލީލު، ލައިޓްކޯނަރު / ބ. ކެންދޫ
    4 ވަނަ، އަބްދުﷲ ޝަހީމް، މާވިނަ / ބ. އޭދަފުށި
    4 ވަނަ، ހައިފާ އަހްމަދު ހަލީމް، ތަރިވިދާގެ / ބ. އޭދަފުށި
    5 މުހައްމަދު ޝިޔާފް އަހްމަދު، އަނޯނާގެ / ބ. އޭދަފުށި
    6 މަރިޔަމް ހުދާ، ފެހިވިނަ / ބ. އޭދަފުށި
    6 ރިޝާމާ ޚާލިދު، ފޮނިމާގެ / ބ. ކެންދޫ
    9 ފާތުމަތު ރަނާ އަބްދުއްރައްޒާގު، މޫމިޔާގެ / ބ. އޭދަފުށި
    10 ރަޝާ ރިޒާ، އޯކިޑްމާގެ / ބ. އޭދަފުށި
ގަދަ 10 ގަިއ ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން-- ފޮޓޯ / ހަރުޝާ
ގަދަ 10 ގަިއ ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން– ފޮޓޯ / ހަރުޝާ

މީގެ އިތުރުންވެސް މިއަތޮޅު ބައެއް ސްކޫލުތަކުގެ ދަރިވަރުންނާއި މާލޭ ސްކޫލުތަކުގައި މިދިޔަ އަހަރު އޯލެވެލް ނިންމި މިއަތޮޅަށް ނިސްބަތްވާ ކުދިން އޯލެވެލް ޓޮޕްޓެން ގައި ހިމެނިފައިވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަހަރު ވަނީ ޕްރޮގްރެސް އެވޯޑްވެސް ހާސިލުކޮށްފަ އެވެ.

އޯ ލެވެލް ގަދަ ދިހައެއްގެ ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޔާމިން އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އާއެކު ވަނަތައް ހާސިލްކުރި ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން:.-- ފޮޓޯ: ރައީސް އޮފީސް
އޯ ލެވެލް ގަދަ ދިހައެއްގެ ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޔާމިން އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އާއެކު ވަނަތައް ހާސިލްކުރި ދަރިވަރުން ފޮޓޯއަކަށް ހުއްޓިލައިގެން:.– ފޮޓޯ: ރައީސް އޮފީސް

2014 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ގަދަ ދިހައެއްގައި ތައުލީމީ މަރުކަޒުން ހިމެނިފައިވަނީ 8 ދަރިވަރުންނެވެ.
މިދިޔަ އަހަރު ސާނަވީ އިމްތިހާންގައި ދުނިޔޭގެ ފެންވަރުގައި އެކި މާއްދާތަކުން ގަދަ 10 ވަނައިގެ ތެރޭގައި ރާއްޖޭގެ 40 ދަރިވަރަކު ވަނީ ހިމެނި މީގެ ތެރެއިން އެކި މާއްދާތަކުން ދިވެހި ފަސް ދަރިވަރަކު އެއް ވަނަ ހޯދައިފި އެވެ.

މުޅި ރާއްޖެއިން ހުރިހާ މާއްދާއަކުން “އޭ” ފާސް ހޯދައިގެން 74 ދަރިވަރަކު ވަނީ އެއް ވަނަ ހާސިލްކޮށްފަ އެވެ. ގަދަ 10 ގައި މިފަހަރު 500 އެއްހާ ކުދިން ވަނީ ހިމެނިފަ އެވެ.

ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަތޮޅޭ

    މިއީ ހަމައެކަނި ބ. އަތޮޅޫ ތަޢުލީލީ މަރުކަޒުގެ ދަރިވަރުންގެ ކާމިޔަބީ ފަާހަގަކުރަ ސައިޓެއްތަ؟ ކޮބައިތަ އަތޮޅުގެ އެހެން ރަށްރަށުގެ ކުދިން ހޯދި ކާމިޔާބީ.. ހަމައެކަނި އެއް ސްކޫލެއްގެ ކާމިޔާބީ ފާހަގަ ކުރުމަށް ވުރެ، އަތޮޅުގެ އެހެން ރަށްރަށުގެ ސްކޫލުތަކގެ ދަރިވަރުން ހޯދާ ކާމިޔާބީވެސް ފާހަގަ ކުރަން ޖެހޭނެދޯ؟ އެހެންނޫނީ ކީއްކުރަން ކުރާ ކަމެއް. އޯކޭ އޭދަފުށި ޓައިމްސް ކިޔާތީ އެހެން ވެދާނެ. ބަޓް. އަތޮޅުގެ އެހެން ރަށްރަށގެ ޚަބަރުތައްވެސް ލިޔާކަމަށްވަންޏާ ތަޢުލީމީ ކާޟިޔާބީވެސް ލިޔަންވާނެދޯ… މި ކޮމެންޓު ނުޖަހާނެކަންވެސް އިނގޭ.. އެއީ ހަޖަމު ނުވާނެތީ… ޝުކުރު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.