އަނިޔާވެރިކަމާ ދެކޮޅު ދުއާ ހިތާދޫގައިވެސް ކުރަން ފަށައިފި

އަނިޔާވެރިކަމާ ދެކޮޅަށްކަމަށްބުނެ ހިތާދޫގައި ހުކުރު ނަމާދަށްފަހު ދުއާ ކުރަނީ
އަނިޔާވެރިކަމާ ދެކޮޅަށްކަމަށްބުނެ ހިތާދޫގައި ހުކުރު ނަމާދަށްފަހު ދުއާ ކުރަނީ

އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އެކަމުން ސަލާމަށްކޮށްދެއްވުންއެދި ބ. ހިތާދޫގައި މިއަދުގެ ހުކުރު ނަމާދަށްފަހު ކޮށްފި އެވެ.

މިދިޔަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ކޮންމެ ހުކުރު ދުވަހަކު އިސްލާމީ މަރުކަޒުގައި ދުއާ ކުރަމުން އަންނައިރު ހިތާދޫގައި ދުއާ ކުރަންފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.

ހިތާދޫން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ދުއާގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ނަމަވެސް ސަރުކާރުން ދައްކަމުންދާ ބިރުގެ ސަބަބުން ބައެއްމީހުން ދުއާ ގައި ބައިވެރިވުމަށް ޖެހިލުންވެ އެވެ.

މިއަދުގެ ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ މަރުކަޒުގައި ދުއާކުރަނިކޮށް އެކަން ހުއްޓުވައި، ވީޑިއޯ ކުރި ދެ މީހަކާއި ފޮޓޯޖާނަލިސްޓަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިދަކޮޅު ފަރާތްތަކުން މިއަދުގެ ހުކުރު ނަމާދަށްފަހު މާލޭގަިއ ދުއާ ކުރަނީ -- ފޮޓޯ / މިހާރު
އިދަކޮޅު ފަރާތްތަކުން މިއަދުގެ ހުކުރު ނަމާދަށްފަހު މާލޭގަިއ ދުއާ ކުރަނީ — ފޮޓޯ / މިހާރު

މީގެ ކުރިން އިސްލާމީ މަރުކަޒު ދޮށުގައި އިދިކޮޅު ފަރާތްތަކުން ދުއާކުރަނީ ބޭރުގައި ތިބެގެންނެވެ. އެކަމަކު މިއަދު ހުކުރު ނަމާދު ނިމުމުން އެ މީހުން ވަނީ އިސްލާމީ މަރުކަޒުގެ ތިރީ ބައިގެ އެތެރެއަށެވެ.

އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުން އަންނަ ދުއާއަށް އާންމުކޮށް ފުލުހުން ހުރަސްއެޅިޔަސް މިދިއަ ހުކުރުދުވަހު ފުލުހުން އެ މީހުންގެ ތެރެއަށް ވަދެ، އެކަން ހުއްޓުވާފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.