ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން އެފްޓީ ރީ ޔުނައިޓެޑް ހޯދައިފި

ޗެންޕިއަން ޓީމް
ޗެންޕިއަން ޓީމް

ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިޔަށް ގެންދިޔަ “ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތް 2016” ގެ ޗެންޕިއަންކަން އެފްޓީ ރީ ޔުނައިޓެޑް ހޯދައިފިއެވެ.

ރޭ އެފް ސީ ރިއަލްއާ ވާދަކޮށް 3-4 ގެ ނަތީޖާއަކުން ފައިނަލް މެޗް ކާމިޔާބު ކުރީ އެފްޓީ ރީ ޔުނައިޓެޑްއެވެ. ރޭ ކުޅުނު ފައިނަލް މެޗްގައި އެފްސީ ރިއަލްގެ ގޯލް ކީޕަރ އަށް ރަތްކާޑް ދެއްކުމާ ގުޅިގެން މެޗް ހޫނުވެ އެ ޓީމްގެ ބެންޗްގައި ތިބި ކުޅުންތެރިން ވަނީ ދަނޑަށްއަރާފައެވެ. 25 މިނިޓް ކުޅެން ހަމަޖެހިފައިވާ މި މެޗްގެ 21 ވަނަ މިނިޓްގައި އެފް ސީ ރިއަލްގެ ކުޅުންތެރިންވަނީ މެޗް ދޫކޮށް ދަނޑުންފައިބާފައެވެ. އެހެންކަމުން އެފްޓީ ޔުނައިޓެޑް ވަނީ ފައިނަލް މެޗް ލިބިފައެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްޓީ ރީ ޔުނައިޓެޑްގެ ނާފިއު ސައީދްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ރިއަލްގެ އަލީ މާއިޝްއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީ ފްރެންޑްސް ޖޫނިއާރސްގެ ޝައިފާންއެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ މުހައްމަދު ނާޒިމް (އެފްސީ ރިއަލް) ފާއިގް ސައީދް (އެފްޓީ ރީ ޔުނައިޓެޑް) އަލީ މުނީޒް (އެފްޓީ ރީޔުނައިޓެޑް) އަލީ މާއިޝް (އެފްސީ ރިއަލް) އަލީ ޒުބައިރު (ޑީ ފްރެންޑްސް)އެވެ.
މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލީ ޒުބައިރުއެވެ. އޭނާ ވަނީ މި މުބާރާތުގައި 9 ގޯލް ޖަހާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.