“ރަންވޭލާ” ކެމްޕޭން އޭދަފުށީގައި އިފްތިތާހުކޮށްފި

“ރަންވޭލާ” ކެމްޕޭން އިފްތިތާގު ކުރުމުގެ ޖަލްސާގެ ތެރެއިން-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
“ރަންވޭލާ” ކެމްޕޭން އިފްތިތާގު ކުރުމުގެ ޖަލްސާގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ ފަރާތުން “ރަންވޭލާ” ގެ ނަމުގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް އޭދަފުށީގައި އިފްތިތާހު ކޮށްފި އެވެ.

އޭދަފުށީ މަލްޓިޕާސް ހޯލުގައި މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑާ އެންށް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އެވެ.

މިނިސްޓަރު ޒެނީޝާ ވިދާޅުވި ގޮތުގައި މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ މުޖުތަމައު އާއި އާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރު ކުރުމާއި، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށް ދިނުމެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރުމަކީވެސް މި ކެމްޕޭންގެ މަގުސަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

"ރަންވޭލާ" ކެމްޕއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕއިނު އިފްތިތާހުކޮށް ދެއްވީ އޭދަފުށީގައި --
“ރަންވޭލާ” ކެމްޕއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕއިނު އިފްތިތާހުކޮށް ދެއްވީ އޭދަފުށީގައި —

މިއަދު އިފްތިތާހުކުރި މި ކެމްޕޭން ގެ ދަށުން، ސޯސަލް ސާވިސް ވާކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ޕްރޮގްރާމެއްވެސް ވަނީ ފަށައިފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ހެލްތު ސްކްރީން ޕްރޮގްރާމެއް އޭދަފުށީގެ އިތުރުން ދޮންފަނާއި މާޅޮސް އަދި ދަރަވަންދޫގައި ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

 

"ރަންވޭލާ" ކެމްޕއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕއިނު އިފްތިތާހުކޮށް ދެއްވީ އޭދަފުށީގައި --
“ރަންވޭލާ” ކެމްޕއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ކެމްޕއިނު އިފްތިތާހުކޮށް ދެއްވީ އޭދަފުށީގައި —

މިނިސްޓަރު ޒެނީޝާގެ މި ދަތުރުފުޅުގައި ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ މިހާރު އެ ސެންޓަރުގައި ދެމުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ. މީގެ އިތުރުން އޭދަފުށީގައިހުރި ސަރުކާރު އޮފީސްތަކުގެ އިސްވެރިންނާއި ޖަމިއްޔާތަކާއި ބައްދަލުކުރައްވާ އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާ ކޮށް އެ ތަންތަނާ ގުޅިގެން ކުރެވޭނެ މަސަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފަ އެވެ.

މިއަދު އިފްތިތާހު ކުރެވުނު “ރަންވޭލާ” ކެމްޕެއިނުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުމާއި އަޅާލުމާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ތި ތިން ދާއިރާއަށް ހާއްސަ ސަމާލުކަމެއްދީގެން، މުޖުތަމައުގެ އެކި ފަރާތްތަކަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ތަމްރީން ޕްރޮގްރާމުތައް މާލެއާއި އަތޮޅު ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.