އެއްވެ އުޅުން ހަނިކުރަން ފާސްކުރި ބިލަށްވެސް ބ. އަތޮޅުގެ ތިން މެންބަރުން “ޔެސް” އެކޭ ނުބުނޭ

ރައްޔިތުންގެ މަޖިލީހުގައި ބ. އަތޮޅު ތަމްސީލުކުރާ 3 މެންބަރުން
ރައްޔިތުންގެ މަޖިލީހުގައި ބ. އަތޮޅު ތަމްސީލުކުރާ 3 މެންބަރުން

އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކުރަން ބ. އަތޮޅުގެ މެންބަރުންގެ ފަރާތުން މިފަހަރުވެސް ވޯޓް ލިބޭގޮތެއް ނުވި އެވެ.

ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވަން އެންމެފަހުން ފާސްކުރި ބިލަށްވެސް މިއަތޮޅުގެ ތިން މެންބަރުންވެސް ބިލަށް “ޔެސް” އެކޭ ބުނެފައެއް ނުވެ އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިޔާލުފާޅުކުރުން ހުއްޓުވަން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހިއިރު ޖަލްސާ އަށް ވަޑައިނުގެންނެވި ގޮތަށް އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވެސް ވަޑައެއް ނުގަންނަވަ އެވެ. އަދި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި ނަމަވެސް ވޯޓު ގަޑީގައި އޭނާއެއް ނެތެވެ.

ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އަލީ ހުސައިން ވޯޓު ދެއްވީ މި އިސްލާހާ ދެކޮޅަށެވެ.

އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްވީ ޕީޕީއެމް އާއި އެމްޑީއޭގެ 37 މެމްބަރުންގެ ވޯޓުންނެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް ވޯޓު ދެއްވުމަށް ސަލީމު އެ މަޖިލިހަށް ވަޑައިނުގެންނެވި މައްސަލާގައި ވަނީ ޕީޕީއެމް ޕީޖީ ވައިބަ ގުރޫޕުން ބޭރުކޮށްލައިފަ އެވެ. ޕީޖީ ގުރޫޕުގެ މި ފިޔަވަޅާ އެކު، މަޖިލިހުގައި ސަލީމް ތަމްސީލްކުރައްވާ ހަމައެކަނި ކޮމިޓީ، މާލިއްޔަތު ކޮމިޓީން އޭނާ ވަނީ އިސްތިއުފާވެސް ދެއްވައިފަ އެވެ. އަދި ކެބިނެޓް މިނިސްޓަރުން ހިމެނޭ ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ވެސް ސަލީމް ވަނީ ނުކުމެފަ އެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ބިލަށް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް ހައްދަވައި އޭނާ އެ ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވީ ރައްޔިތުންގެ ވިއްދާ އެއްގޮތަށްކަމަށް ސަލީމުވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.