އޭލެވެލް އިމްތިހާނުންވެސް ބ. އަތޮޅު ތައުލީމީ މަރުކަޒު ބޮޑު ކުރިއެރުމެއް ހޯދައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ
ބ. އަތޮޅު ތައުލީމީ މަރުކަޒާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން— ފޮޓޯ / ބއތމ

ރާއްޖެތޭރޭގައި ފުރަތަމަ ހުޅުވުނު އަތޮޅު ތައުލީމީ މަރުކަޒަކީ ފެށުނީއްސުރެ އޯލެވެލް އާއި އޭލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދާ ސްކޫލެކެވެ.

ރާއްޖޭގައި ބާއްވާ އެޑެކްސެލް އޭ އެލެވް އިމްތިހާނުން އެ ސްކޫލު ހޯދާ ނަތީޖާ އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަ އިރު މިއަހަރަކީ އޭލެވެލް އިމްތިހާނުން “ރަން” އަކުރުން ފަވާލެވޭނެ އަހަރެއް ކަމަށް އެތަނުގެ ވެރިން ދެކެވަޑައިގަނެ އެވެ. އަދި މިއީ އޭލެވެލް އިމްތިހާނުން މިހާތަނށް ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.

ސްކޫލުން ބުނިގޮތުގައި މިއަހަރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު 10 ކުދިން ގަދަ ދިހައެއްގައި ހިމެނޭނެ އެވެ. މިދިޔަ އަހަރު އޭލެވެލް ޓޮޕް 10 ގައި ހިމެނުނީ އެ ސްކޫލުގެ 8 ކުދިންނެވެ.

މިއަހަރުގެ އޭލެވެލް އިމްތިހާނުގެ ވަކިވަކި މާއްދާތަކުންވެސް އެ ސްކޫލުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން ގިނަ މާއްދާތަކުން ފާސް ޕަސެންޓޭޖު އުޅެނީ 80 ޕަސެންޓަށްވުރެ މަތީގަ އެވެ.

ވޭތުވެދިޔަ ތިން އަހަރުވެސް ހުރިހާ މާއްދާއަކުން އޭ ރިޕޯޓް ހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަހުރުވެރި އެއްވަނަ ވަނީ ހޯދައިފަ އެވެ.

ސްކޫލުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ކާމިޔާބީގެ ސިއްރަކީ ޓީޗަރުންކޮށްދެއްވާ ބުރަ މަސައްކަތް ދަރިވަރުންނާ ބެލެނިވެރިން ހެޔޮހިތުން ބަލައިގަތުމެވެ. އަދި ޓީޗަރުންނަށް މިނިވަންކަމާއި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުން ކަމަށްވެސް އެ ސްކޫލުންދެކެ އެވެ.

އޯލެވެލް އާއި އޭލެވެލް އަށް ތައްޔާރުވުމަށް އެ ސްކޫލުން ކޮންމެ އަހަރަކުވެސްދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.