ރަންނާ އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ހޯމް މިނިސްޓަރ އޭދަފުށްޓަށް ވަޑައިގެންފި

ހޯމް މިނިސްޓަރ އޭދަފުށްޓަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ހޯމް މިނިސްޓަރ އޭދަފުށްޓަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް” ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް ހޯމް މިނިސްޓަރ އަލްފާޟިލް އަޒްލީން އަޙްމަދު އޭދަފުށްޓަށް ވަޑައިގެންފިއެވެ.

ދާދި ދެންމެއަކު ހޯމް މިނިސްޓަރ އޭދަފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހާބާއެއް ދަންނަވާފައެވެ. މަރުހަބާ ދެންނެވުމަށް އަތޮޅު ކައުންސިލް މެމްބަރުންނާ ރަށު ކައުންސިލް މެމްބަރުންގެ އިތުރުން އޭދަފުށީ ގައި މަސައްކަތް ކުރާ ފުލުހުންނާއި ބައެއް އާންމު ރަޔިއްތުންވަނީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދަ ޖަމާވެފައެވެ.

މި އެވޯޑު ހަފްލާގައި ތަފާތު ދާއިރާތަކުން ބ. އަތޮޅަށް ދިގުމުއްދަތަކަށް، ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، މިނޫންވެސް އަތޮޅަށް އަގުހުރި، ފާހަގަކޮށްލެވޭފަދަ ޚިދުމަތްތައް ތަފާތު އެކި ދާއިރާތަކުން ކޮށްދީފައިވާ ފަރާތްތަކާއި، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ބ އަތޮޅަށް ފަޚްރުވެރި ވަނަތައް ހޯދައިދީފައިވާ

ފަރާތްތަކަށްވެސް އެވޯޑު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

އެވޯޑް ދިނުމުގެ ހަފްލާ ފަށާނީ މިރޭ 8:45 ގައެވެ. އެވޯޑް ދިނުމުގެ ހަފްލާ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.