ރަންނާ އެވޯޑް: ޝަރަފުވެރިކަމުގެ އިނާމު ދެ ބޭފުޅަކަށް، ހިތްވަރުދިނުމުގެ އިނާމު 13 ބޭފުޅަކަށް ދީފި

ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް
ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

ބ. އަތޮޅު ކައުންސިލުން ތައާރަފުކުރި ރަންނާ އެވޯޑްގެ ޝަރަފުވެރި ކަމުގެ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ އިނާމު 13 ބޭފުޅަކަށް ދެއްވައިފި އެވެ.

ރަންނާ އެވޯޑް ދިނުމަށް މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ރަންނާ އެވޯޑްގެ ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރުދިނުމުގެ އިނާމު ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އެވެ. މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އަތޮޅު ކައުންސިލު އިދާރާއިން ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އިބްރާހިމް ޒުބައިރުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް
ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އިބްރާހިމް ޒުބައިރުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީބ. ތުޅަދޫ އިބްރާހިމް ޒުބައިރު އަށާއި އޭދަފުށި އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދު އަށެވެ.

ހިތްވަރު ދިނުމުގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުން؛

އަބްދުލްޖަލީލު އިބްރާހިމް، ލައިޓް ކޯނަރ، ކެންދޫ
އަބްދުއްރަހްމާން މޫސާ، ސޯސަންވިލާ، ތުޅާދޫ
އަބްދުލްހަކީމް އަބްދުއްރަހްމާން، ހެޕީކޮލެޖް، ދޮންފަން
އަބްދުﷲ ސަބާހް، ބިންހިމަގެ، އޭދަފުށި
އަބްދުﷲ މުއާޒު ޔޫސުފް، ދޭލިޔާގެ، ދަރަވަންދޫ
ނުއުމާން އަބޫބަކުރު
މުހައްމަދު ޝުޖާއު އަބްދުއްރަހީމް، އޭނާޒް، ދަރަވަންދޫ
އަހްމަދު އަލީ، ފިނިފެންމާގެ، އޭދަފުށި
ޚާލިދު ޔޫސުފް، ދޮންދުބުރިގެ، އޭދަފުށި
އަހްމަދު ނާފިއު، ހިޔަލީ ގުލްޝަން، ދަރަވަންދޫ
ހަސަން މުހައްމަދު މަނިކް، ރޯޒްމީޑް، ކުޑަރިކިލު
ހައްވާ އަބްދުއްރަހްމާން، ހުވަނދުމާގެ، ކިހާދޫ
އަބްދުއްރަހްމާން ހަސަން، މާފަރު، އޭދަފުށި

މީގެ އިތުރުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށާއި ސާނަވީ/މަތީ ސާނަވީ އަދި ކުޅިވަރުގެ ބައިން ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށްވެސް ހަނދާނީފިލާ ދީފައިވެ އެވެ.

އިޖްތިމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާލު ލިބިވަޑައިގެންނެވި  އަބްދުއްރަހްމާން  އެވޯޑްދެއްވަނީ
އިޖްތިމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާލު ލިބިވަޑައިގެންނެވި އަބްދުއްރަހްމާން އެވޯޑްދެއްވަނީ

މީގެ އިތުރުން ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑްދިނެވެ.

ރަންނާ އެވޯޑް ލިބިވަޑައިގެންވި ބޭފުޅުން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން
ރަންނާ އެވޯޑް ލިބިވަޑައިގެންވި ބޭފުޅުން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން

ބ. އަތޮޅު ކައުންސިލުން ބުނީ “ރަންނާ އެވޯޑް” ގެ ނަމުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އޭދަފުށީގެ ރައްޔިތެއް

    ރަންނާ އެވޯޑް ހާސިލް ކުރެއްވި އެންމެހާ ފަރާތްތަކަށް އިޚުލާސްތެރި މަރުޙަބާއެއް ދަންނަވަން. އަދި ހަމައެފަދައިން އަތޮޅު ކައުންސިލުން މިފަދަ ކަމެއް ރާވާ ހިންގެވުމަށް އިސްނެންގެވީތީ އެފަރާތަށް ޝުކުރު ދަންނަވަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.