ޑރ. ޝާން އަންނަ ބުރާސްފަތި ދުވަހު އޭދަފުށީ މެޑިކަލް ސެންޓަރަށް

ޑޮކްޓަރަށް ދައްކަން ގޮސްތިބި ބަޔަކު އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން-- ފަިއލް ފޮޓޯ
ޑޮކްޓަރަށް ދައްކަން ގޮސްތިބި ބަޔަކު އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން– ފަިއލް ފޮޓޯ

ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ ޝާން އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި ޝާން އެ ކްލިނިކުގައި ބަލިމީހުން ބައްލަވާނީ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ.

ޑރ ޝާންއަކީ ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކާއި ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ޑޮކްޓަރެވެ. ޝާން ޝެޑިއުލްކޮށް ކޮންމެ ދެމަހުން އެއްފަހަރު އޭދަފުށީ މެޑިކަލް ސެންޓަރަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ ޝާންމެން ފަދަ ޑޮކްޓަރުން އެ ކުލިނިކަށް ވަޑައިގެން ބަލިމީހުންނަށް ފަރުވާ ދެއްވާކަމީ ކްލިނިކުން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި މިއަތޮޅުގެ ރައްޔިތުންނަށް މާލެނުގޮސް މިފަދަ ސްޕެސަލިސްޓުންނަށް ފަސޭހައިން ދައްކާލުމަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށްވެސް އެ ކްލިނިކުން ބުންޏެވެ.

ޝާން އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7523242، 9631111 އަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.