ވިއްސާރަ އާ ގުޅިގެން ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ރ އަތޮޅާއި ލ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރ އަތޮޅާއި ލ އަތޮޅުގެ ރަށްތަކަށް ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:30 ވަންދެން ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

މެޓުން ބުނި ގޮތުގައި މި ވިއްސާރައިގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ.

އެހެންވެ، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލު ކަމެއް ދޭން މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަން ފަށާފައި މިވަނީ ހޫނު ގަދަ ދުވަސްތަކަށް ފަހު އެވެ. މެޓް އޮފީހުން ބުނީ މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.