“ރަންނާ އެވޯޑް” ހަފްލާ ވަރަށް ފުރިހަމަ: އައްޑޫ މޭޔަރު

050

ބ. އަތޮޅު ކައުންސިލުން ބޭއްވި “ރަންނާ އެވޯޑް” ހަފްލާ ވަރަށް ފުރިހަމަ ކަމަށާއި އަތޮޅާއި ރަށަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ މިފަދަ ހަފްލާތައް ބޭއްވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

“ރަންނާ އެވޯޑް” ހަފްލާއަށް ސޯބެ ވަޑައިގެންނެވީ ބ. އަތޮޅު ކައުންސިލުގެ ހާއްސަ ދައުވަތަކަށެވެ. މޭޔަރު ސޯބެ އިތުރުން ހއ. އަތޮޅު ކައުންސިލުގެ ރައީސްވެސް ރަންނާ އެވޯޑް ހަފްލާގައި ބައިވެރި ވަޑައިގެންނެވި އެވެ.

ސޯބެ “އީޓީ” އަށް މިއަދު ވިދާޅުވި ގޮތުގައި ކޮންމެ ކައުންސިލަކުންވެސް އެ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ހިތްވަރު ދިނުމާއި އަދި ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންގެ ޝަރަފުގައި އެ ހަނދާން އާކޮށްލަން މިފަދަ ހަފްލާއެއް ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ-- އީޓީ ފޮޓޯ / ތޯރިގް
ރަންނާ އެވޯޑް ދިނުމަށް ބޭއްވި ޖަލްސާޣައި ހޯމް މިނިސްޓަރު އަބްދުއްރައްޒާގު މުހައްމަދުއަށް ޝަރަފުވެރިކަމުގެ އިނާމު ހަވާލުކޮށްދެނީ– އީޓީ ފޮޓޯ / ތޯރިގް

“އެވޯޑް ނައިޓް ވަރަށް ފުރިހަމަ. ގަބޫލުކުރެވެނީ މީގެ ކުރިން ހަމައެކަނި މާލޭގައޭ މި ކަހަލަ ޕްރޮފެޝަނަލް ކަމެއް ބާއްވާ ލެވެނީ. ނަމަވެސް ބ. އަތޮޅު ކައުންސިލުން މިއޮތީ ޕްރޫފް ކޮށްދީފައި، ވަރަށް ވަރަށް ފުރިހަމަ، ވަރަށް އޯގައިޒް، ވަރަށް ޕްރޮފެޝަނަލް ކޮށް ބޭއްވުނު އިވެންޓެއް އެއީ،” ސޯބެ ވިދާޅުވި އެވެ.

ސޯބެ އަދި ވިދާޅުވީ މިބާވަތުގެ ކަންކަމާއި އަދި މިނޫންވެސް ކަންކަމުގައި ކައުންސިލުތަކާއި ގާތް ގުޅެއްމެއް ބާއްވަން ޖެހޭ ކަމަށާއި މިދަތުރުގެ ސަބަބުން ބ. އަތޮޅު ކައުންސިލާ އޮތް ގުޅުން އިތުރުވެގެން ހިގައްޖެ ކަމަށެވެ.

ސޯބެ ބ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އަތޮޅު ކައުންސިލުގެ ރައީސާއި މެންބަރުން އަދި އެ އިދާރާގެ ހުރިހާ މެންބަރުންވެސް ބެހެއްޓެވި ގާތްކަމަށްޓަކައި އެ ފަރާތްތަކަށްވަނީ ޝުކުރު އަދާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.