މިޔަރާއި މަޑި ހިމާޔަތްކުރުމާބެހޭ މަހާސިންތާއެއް ބ. އަތޮޅުގައި

img_0001

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ މަންދޫބުންނާއެކު ޚާއްސަ މަހާސިންތާއެއް ބ. އަތޮޅު ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓްގައި ފަށައިފި އެވެ.

“ދަ ސެކަންޑް އިންޓަނޭޝަނަލް ޝާކް އެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯޒިއަމް” ގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުމަކީ، އަންނަމަހު ސައުތުއެފްރިކާގެ ޖޮހަނަސްބަރގްގައި ބާއްވާ ސައިޓީސް ކޮޕް ސެވަންޓީންގެ ބައްދަލުވުމަށް ރާއްޖެއިން ހުށައަޅާ ޕްރޮޕޯޒަލްއަށް ޤައުމުތަކުގެ ތާއީދު ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ބައެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.

ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ އެއްޗިހީގެ ވިޔަފާރި ކޮންޓްރޯލްކުރުމާ ގުޅޭ މުޢާހަދާ، ސައިޓީސްގެ ދަށުން މިފަހަރު ރާއްޖެއިން ހުށައަޅާނީ، އައިންމަތީ މިޔަރު ޙިމާޔަތްކުރުމުގެ ޕްރޮޕޯޒަލެކެވެ.

އިއްޔެ ފެށި ސިމްޕޯޒިއަމްގައި ބައިވެރިވާ ޤައުމުތަކަކީ ދުނިޔެއިން ނެތެމުންދާ މިޔަރާއި، މަޑީގެ ބާވަތްތައް ޙިމާޔަތްކޮށް މިބާވަތުގެ އެއްޗެހި ޙިމާޔަތްކުރަން ތައްޔާރަށް އޮތް ގައުމުތައް ކަމަށްވާއިރު، މީގެތެރޭގައި ސްރީލަންކާއާއި، ފިޖީފަދަ ޤައުމުތައް ހިމެނެ އެވެ

img_0083
.
މި ސިމްޕޯޒިއަމްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާ ހިތްވަރުދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން ޙިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ސަބަބުން މިހާރުވެސް ރާއްޖޭގެ މަސްވެރިކާމާއި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ކުރިއެރުން ލިބެމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
.
މިޔަރާއި، މަޑި ޙިމާޔަތްކުރެވިދާނެ ގޮތްތަކާއި، ދުނިޔޭގެ ފެންވަރުގައި އެކި ޖަމްޢިއްޔާތަކުން ކުރާ މަސަކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް މި މަހާސިންތާޣަިއ ހުށަހަލާނެ އެވެ.
އިއްޔެފެށި މި މަހާސިންތާގައި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ފަރާތުން މިޔަރާއި، މަޑި ޙިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.