ރޯޔަލްގެ އަހަރީ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން އެސް.ޕީ.އޯ ހޯދައިފި

ރޯޔަލްގެ 15 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރޯޔަލްގެ 15 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރޯޔަލް އައިލެންޑް ރިސޯޓްގެ 15 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ސިކްސް ޕްލަސް ވަން (އެސް.ޕީ.އޯ) ހޯދައިފިިއެވެ.

މިމަހުގެ 15 އިން ފެށިގެން މިއަދުގެ ނިޔަަލަށް ކުރިޔަށް ދިޔަ މިމުބާރާތުގެ ފައިނަލް މެޗް އޮތީ މިއަދު ހަވީރު ރޯޔަލް އައިލެންޑް ރިސޯޓްގައެވެ. ފައިނަލް މެޗްގައި އެފް.ސީ ރެެވެނިޔު އާ ވާދަކޮށް 1-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރީ އެސް.ޕީ.އޯއެެވެ. މި މެޗްގައި އެސް.ޕީ.އޯ ގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ބައްސާމް އަދި މުހައްމަދު ރިޔާޒްއެވެ. ބައްސާމް ވަނީ މި މެޗްގައި 2 ލަނޑު ޖަހާފައެވެ. އެފް.ސީ ރެެވެނިޔު އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިލްވާން ޝަރީފްއެވެ. މި މެޗްގައި އެފް.ސީ ރެެވެނިޔުއަށް ގޯލް ޖަހާނެ ރަނުގެ ހުސް ފުރުސަތުތަކެއް ލިބި ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

ވޭތިވިދިޔަ 2 އަހަރުވެސް މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އެސް.ޕީ.އޯ އިންނެވެ. އެހެންކަމުން މި އަަހަރު އެޓީމުން ޗެންޕިއަންކަން ހޯދުމާއެކު މުބާރާތުގެ ތަށި އެޓީމަށް މިހާރުވަނީ މިލްކުވެފައެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އެސް.ޕީ.އޯގެ މުހައްމަދު ރިޔާޒް، މުހައްމަދު ބައްސާމް، އުބައިދުﷲ އަބްދުﷲ، ޖައުފަރު އަދި އެފް.ސީ ރެވެނިޔުގެ މުހައްމަދު ފަޔާޒްއެވެ.

މި މުބާރާތުގެ އެެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސް.ޕީ.އޯގެ މުހައްމަދު ރިޔާޒްއެވެ.

މި މުބާރާތަކީ ރޯޔަލް އައިލެންޑް ރިސޯޓްގެ އަހަރީ ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.