ބ․ އަތޮޅު ގުރުއާން މުބާރާތް މިރޭ ފަށަނީ

އަތޮޅު ކައުންސިލުން މިދިޔަ ބޭއްވި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ-- ފައިލް ފޮޓޯ
އަތޮޅު ކައުންސިލުން މިދިޔަ ބޭއްވި ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ– ފައިލް ފޮޓޯ

ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ގުރުއާން މުބާރާތް މިރޭ އޭދަފުށީގައި ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ․

ބ․ އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި އަހަރުގެ އަތޮޅު ގުރުއާން މުބާރާތުގައި 6 ރަށަކުން 31 ދަރިވަރުން ވާދަކުރާނެ އެވެ․ މިދިޔަ އަހަރުގެ މުބާރާތުގައި 71 ދަރިވަރުން ވާދަކުރި އެވެ․

ބ․އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ މުބާރާތުގެ ބައިވެރިންގެ އަދަދު މިއަހަރު މަދުވާން ދިމާވި މައިގަނޑު ސަބަބަކީ މި އަހަރުގެ ގައުމީ މުޤައްރަރަށް އައި ބޮޑު ބަދަލުގެ ސަބަބުން ކަމަށްލަފާ ކުރެއްވޭ ކަމަށެވެ․

މި މުބާރާތުގައި ވާދަކުރާނީ ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި މުބާރާތްތަކުން %75 ވުރެ މަތިން ނަތީޖާ ހޯދި ކުދިންނެވެ.

މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ރަށްރަށަކީ، ހިތާދޫ، ތުޅާދޫ، ކެންދޫ، ދޮންފަނު، ކިހާދޫ އަދި އޭދަފުއްޓެވެ.

މިމުބާރާތަކީ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބ. އަތޮޅު ތަމްސީލު ކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތުން ހޮވާލެވޭ އެންމެ މޮޅު 8 ދަރިވަރުންނަށް މިއަހަރު އޮންނަ ރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ބ․ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ މި މުބާރާތް ބ އަތޮޅު ކައުންސިލް ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ․

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.