ބޮޑު ޢީދުގައި އަންހެނުނަށް ފުޓްސަލް މުބާރާތެއް ބާއްވަނީ

މިދިޔަ އަހަރުގެ 18/30 ވުމެންސް ފުޓްސަލް ފިއެސްޓާގެ ތެރެއިން: -- ޕޮލިސް ފައިލް ފޮޓޯ
މިދިޔަ އަހަރުގެ 18/30 ވުމެންސް ފުޓްސަލް ފިއެސްޓާގެ ތެރެއިން: — ޕޮލިސް ފައިލް ފޮޓޯ

އަންނަ އަޞްހާ ޢީދާ ދިމާކޮށް އަންހެނުނަށް ހާއްސަކޮށްގެން ބ.އޭދަފުށީގައި “ޑައުންޓައުން ވުމެންސް ފުޓްސަލް ޓޯނަމެންޓް 2016” ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެެވެ.

މި މުބާރާތް އިންތިޒާމް ކުރާ ޑައުންޓައުން ގްރޫޕް ގެ ފަރާތުން ޖިނާން ހަމީދް އީޓީއަށް މަޢުލޫމާތު ދެމުން ބުނީ މި މުބާރާތަކީ އޭދަފުށީ އަންހެން ބޭފުޅުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމަށާއި، އެންމެން އެއްތަނަކުން ބައްދަލުވުމުގެ މަގުފަހިކޮށްދިނުމުގެ މަގްޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ގަވާއިދު 9737421, 7422344 އަދި 9881530 އަށް ގުޅާލުމުން ލިބޭނެެކަމަށް އެފަރާތުން މައުލޫމާތު ދެއެެވެ. މި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުންވެސް 350 ރުފިޔާ ފޯމާއެކު ހުށަހަޅަންޖެހެއެވެ. މި މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމް އަންނަ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އިންތިޒާމް ކުރާފަރާތަށް ހުށަހަޅަންޖެހެއެވެ.

ޑައުންޓައުން ގްރޫޕްގެ ފަރާތުން އަންނަ އަޞްހާ އީދުގައި ތަފާތު ގިނަ ކުޅިވަރުތަކެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ގްރޫޕުން މަޢުލޫމާތުދެއެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.