‘އަ ޓްރިބިއުޓް ޓު ނާޝިދު’ ޝޯވ ގެ އެސޯސިއޭޓް ޕާޓްނަރަކަށް ދިރާގު

dhiraagu

‘ޒީރޯ ޑިގްރީ އެޓޯލް’ އިން މަޤްބޫލުކަން ހޯދި ލަވަކިޔުންތެރިޔާ އަހްމަދު ނާޝިދަށް ދޭ ޓްރިބިއުޓް ޝޯވގެ އެސޯސިއޭޓް ޕާޓްރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ނާޝިދަށް ދޭ ޓްރިބިއުޓް ޝޯވގެ އެސޯސިއޭޓް ޕާޓްރަކަށް ދިރާގު ހަމަޖައްސާފައިވާކަން އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ.

މި ހަފްލާފައި ވަހަކަ ދައްކަވަމުން މިސްކް މެގަޒިންގެ ފައުންޑަރ ރިއާޔަތު އަބްދުލް މަޖީދު ވިދާޅުވީ މި ޝޯވ އަކީ ނާޝިދަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ފަންނާނުންގެ ފަރާތުން ދެވޭ ހަދިޔާއެއް ކަމަށާއި އަދި މި ޝޯވގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިގެން ދިޔުމުން ދިރާގަށް ޝުކުރުއަދާކުރާކަމަށެވެ.

އޭގެ އިތުރުން މި ޝޯގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް އެދުނީ މިސްކް މެގަޒިންއާއި އާއި ވަރަށް ގާތުން ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރި ފަރާތްތަކަށާއި އިންޑަސްޓްރީގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށާއި އެގޮތުން ދިރާގަކީ މިދިޔަ އަހަރުން ފެށިގެން ވަރަށް ގާތުން މަސައްކަތްކުރެވި، އަދި މިއަހަރުގެ ފުރަތަމަ އަދަދުން ފެށިގެން މެގަޒިންގެ ޓެލެކޮމް ޕާޓްނަރުގެ ހައިސިއްޔަތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ރިއާޔާތު ވިދާޅުވި އެވެ.

މީގެ އިތުރުން ނާޝިދު ފަދަ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކުޅަދާނަ ފަންނާނެއްގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ޝޯވއެއްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެގޮތުން މިސްކް މެގަޒިންގެ އިސްނެންގެވުމާއިއެކު ހިންގޭ މި ޝޯވ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމުގަޔާއި، އަދި މި ނޫނަސް މިފަދަ ހަރަކާތްތަކުގައި މިއުޒިކް އިންޑަސްޓްރީއަށް އަދި ހާއްސަކޮށް ޒުވާނުންނަށް، ދިރާގުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ނާޝިދުގެ މިއުޒިކީ ހިދުމަތުގެ އަގު ވަޒަންކޮށް ފަންނުވެރި ޒުވާން ފަންނާނުންގެ ހުނަރުވެރިކަމުގެ ތެރެއިން ނާޝިދުގެ މިއުޒިކް އަލުން އާންމުންނާއި ހަމަޔަށް ގެނެސްދިނުމުގެ ގޮތުން ބޭއްވޭ މި ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އޮލިމްޕަހުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.