ފިޝް ކޭމްޕް ބ. ތުޅާދޫގައި ފަށައިފި

8 ވަނަ ފިޝް ކޭމްޕް ތުޅާދޫގަިއ ފެށޫމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް
8 ވަނަ ފިޝް ކޭމްޕް ތުޅާދޫގަިއ ފެށޫމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ޕީއެސްއެމް ނިއުސް

ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ބާއްވާ ފިޝް ކޭމްޕް ބ ތުޅާދޫގައި ފަށައިފި އެވެ․

ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އެކަމުގެ ޢަމަލީ ތަޖްރިބާ ހޯދުމަށް މަގުފަހިކޮށްދިނުމަށާއި ދަރިވަރުން އޯލެވް އިމްތިހާނަށް ތައްޔާރު ކުރުވުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ބާއްވަ ފިޝް ކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ․

އަދި މި ކޭމްޕްގެ ތެރެއިން ދަރިވަރުންނަށް ސްކޫލްގައި ޢަމަލީ ތަޖުރިބާ ނުލިބޭ އެކި ފިލާވަޅުތަކުގެ ތަޖުރިބާ ހޯދައިދެވޭނެ ކަމަށްވެސ އެ މިނިސްޓްރީން ބުނެ އެވެ․

މިމަހުގެ 28ގެ ނިޔަލަށް ތުޅާދޫ ސްކޫލުގައި ކުރިއަށްދާ މި ކޭމްޕްގައި ތުޅާދޫ ސްކޫލުގެ އިތުރުން ދޮންފަނު އަދި ކަމަދޫ ސްކޫލުން 30 ދަރިވަރުން ބައިވެރިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ކޭމްޕުގެ ސަބަބުން ދަރިވަރުންނަށް މަސްވެރިކަމާއި، މަހާގުޅުންހުރި މޫދުގެ އެކި ކަންކަން އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ․

އެގޮތުން މިކޭމްޕްގައި ދަރިވަރުން ހޯދާ ޢަމަލީ ތަޖުރިބާ އެ ދަރިވަރުންގެ އިމްތިޙާން ތަކަށާއި ޢާންމު ދިރިއުޅުމަށްވެސް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށްވެސް އެ މިނިސްޓް ބުންޏެވެ․

މި ކޭމްޕްގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިސަރުންނާއި ފިޝަރީޒް މިނިސްޓްރީގެ ކަމާބެހޭ ތަޖުރިބާކާރުންނާއި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ޙަރަކާތްތެރިވާ ތަފާތު އެކި ފަރާތްތަކާއި ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަވާ މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނެވެ. މީގެ އިތުރުން ދަރިވަރުންގެ މެޑިކަލް ކަންތައްތަކުގައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ މާލޭ ބްރާންޗްގެ ބޭފުޅުން ޙަރަކާތްތެރިވެވަޑައިގަނެއެވެ.

މި ފަހަރުގެ ފިޝް ކޭމްޕް ސޮޕޮންސާ ކޮށްފައިވަނީ ސޮނޭވާފުށީ ރިސޯޓުންނެވެ․ މިއީ، ފިޝަރީޒް މިނިސްޓްރީން ބާއްވަވާ 8 ވަނަ ފިޝްކޭމްޕެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.