ބ. އަތޮޅު ގުރުއާން މުބާރާތުން އެއްވަނަ އޭދަފުށި ކައުންސިލު ހޯދައިފި

ބ.އަތޮޅު ކައުންސިލުން ބޭއްވި ޤުރުޢާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ.އަތޮޅު ކައުންސިލުން ބޭއްވި ޤުރުޢާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގައުމީ ގުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ބ. އަތޮޅު ކައުންސިލުތަކުގެ މެދުގައި ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ އޭދަފުށީ ކައުންސިލު ހޯދައިފި އެވެ.

ޖުމްލަ 6 ރަށަކުން 31 ދަރިވަރުން ވާދަކުރި މި މުބާރާތުން ދެވަނަ ތުޅާދޫ ކައުންސިލު ހޯދިއިރު ތިންވަނަ ލިބުނީ ކެންދޫ ކައުންސިލަށެވެ.

ބ. އަތޮޅު ގުރުއާން ކިޔެވުމުގެ މުބާރާތުގައި ވާދަކޮށް ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އަންހެން ދަރިވަރަކަށް އޭދަފުށީ ކައުންސިލުގެ ސަމާއިލް މުހައްމަދު ނަސީރު ހޮވުނުއިރު ފިރިހެން ދަރިވަރަކަށް ހޮވުނީ ކެންދޫ ކައުންސިލުގެ ސަދާން އަބްދުކްހަމީދު އެވެ.

ހިތުދަސްކުރުމުގެ ބައިން އެއްވަނަ އަށް ހޮވޭ ވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ލިބިފައެއް ނުވެއެވެ

ބ.އަތޮޅު ކައުންސިލުން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުން ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވުުނު ދަރިވަރުން (ފަހަތުގައި) |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ.އަތޮޅު ކައުންސިލުން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުން ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވުުނު ދަރިވަރުން (ފަހަތުގައި) |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުން ގައުމީ ގުރުއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރުމަށް ސަމާއިލް އާއި ސަދާންގެ އިތުރުން ހޮވިފައިވަނީ ހިތާދޫ ކައުންސިލުގެ އައިޝަތު ނަޖްލާ އާއި ނުހާ އިސްހާގު އާއި ތުޅާދޫ ކައުންސިލުގެ އަހްމަދު ނަޒީރު އަދި އޭދަފުށީ ކައުންސިލުގެ އިޔާން އަލީ ވަހީދު އެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަލީ ވަހީދު އާއި އަލްޤާރީ އަބްދުލް ޖަލީލު އިސްމާއިލް އާއި އަލްޤާރީ އިބްރާހިމް ޝިފާއު އެވެ.

ބ. އަތޮޅު ކައުންސިލުގެ މިއަހަރުގެ ގުރުއާން މުބާރާތް ފޭސްބުކް ޕޭޖް މެދެވެރިކޮށް ވަނީ ލައިވްކޮށް ގެނެސްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.