ހާއްސަ މެޗުގައި އޭދަފުށީގެ 5 ކުޅުންތެރިން

މިރޭ އޮންނަ ހާއްސަ މެޗުގައި އޭދަފުއްޓަށް ނިސްބަތްވާ މި 5 ކުޅުންތެރިން ދަނޑު މަތިން ފެނިގެންދާނެ | ފޮޓޯ:އަވަސް
މިރޭ އޮންނަ ހާއްސަ މެޗުގައި އޭދަފުއްޓަށް ނިސްބަތްވާ މި 5 ކުޅުންތެރިން ދަނޑު މަތިން ފެނިގެންދާނެ | ފޮޓޯ:އަވަސް

ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް އޭރުގެ ޓީމާއި މިހާރުގެ ގައުމީ ޓީމު މިރޭ ކުޅޭ ހާއްސަ މެޗުގައި އޭދަފުއްޓަށް ނިސްބަތްވާ 5 ކުޅުންތެރިން ހިމެނިއްޖެއެވެ.

މީގެ ތެރެއިން މުޙައްމަދު ޖަމީލް (ޖަމްބޭ) އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ނިސްބަތްވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށެވެ. އަދި މިހާރުގެ ގައުމީ ޓީމުގައި އޭދަފުއްޓަށް ނިސްބަތްވާ ތިން ކުޅުންތެރިންނަކީ ވެލެންސިޔާގެ އަޙްމަދު ޝާފިއު (ޝާފީ) އާއި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީސީ ސްޕޯޓްސްގެ ޢަލީ ފާސިރު (ސެންޓޭ) އެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޓީމުގައި ހިމެނުނު ޖަމްބޭ އާއި ކުޑައްޓޭއަކީ އޭރު ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ދެކުޅުންތެރިންނެވެ. އެ މުބާރާތުގައި ކުޑައްޓޭ ވަނީ ޕާކިސްތާން ކޮޅަށް ގޯލްވެސް ޖަހާފައެވެ.

މިރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗަށް ސަޕޯޓަރުންގެ އިތުރުން އެފް.އޭ.އެމް އިންވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މި މެޗުގައި ތަށި ހޯދި ޓީމުގެ ކޯޗުކަން ކުރާނީ 2008 ވަނަ އަހަރުވެސް ކޯޗަކަށް ހުރި ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ. މީގެ އިތުރުން މި މެޗުގައި ބައިވެރިވުމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ އަދި ސްޕެއިންގެ ތަރި ޒަވީ ހެނާންޑޭޒް ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.