ދަރަވަންދޫން ޓީމު ލިސްޓު ހުށަނޭޅުމުން އޭދަފުށި ޒޯން ބުރަށް ކޮލިފައިވެއްޖެ

 މިދިޔަ އަހަރު  ކުރިޔަށް ގެންދިޔަ މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ތެރެއިން | ފޮޓޯ:ކުޅުދުއްފުށި އޮންލައިން
މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ތެރެއިން | ފޮޓޯ:ކުޅުދުއްފުށި އޮންލައިން

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޓީމް ލިސްޓު ހުށަހަޅާ ވަގުތު ފާއިތުވީއިރުވެސް ދަރަވަންދޫ ޓީމުން ލިސްޓް ހުށަހަޅާފައި ނުވާތީ އެޓީމު މުބާރާތުން ވަކިކޮށް އޭދަފުށި ޒޯން ބުރަށް ކޮލިފައިވެއްޖެއެވެ.

އެފް.އޭ.އެމް އިން އޭދަފުށީ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016 ގައި ބައިވެރިވުމުގެ މުއްދަތު ހަމަވެ، ޓީމު ލިސްޓު ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚް ފަހަނައަޅައި ދިޔައިރު ބ. ދަރަވަންދޫން ޓީމު ލިސްޓު ހުށަހަޅާފައިނުވާތީ މުބާރާތުގެ ޤަވާއިދުގެ ދަށުން ދަރަވަންދޫ މުބާރާތުން ވަކިކުރެވިފައިވާކަމަށެވެ. އަދި މި މުބާރާތުގައި އޭދަފުށި ދެން ކުޅެނީ ޒޯން ބުރުގައިކަންވެސް އެފް.އޭ.އެމްގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

މިނިވަން ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީވެސް ދެޓީމެވެ. ހޯމް އެންޑް އަވޭ އުސޫލުން އޭދަފުއްޓާއި ދަރަވަންދޫގެ ދެމެޗް ކުޅުމަށް ޝެޑިއުލް ކުރެވުނީ ސެޕްޓެމްބަރ 5 އަދި 8 ވަނަ ދުވަހަށެވެ. އަތޮޅު މުބާރާތުގެ ދެމެޗަށް އޭދަފުށިން ވަނީ ޓީމުވެސް އެކުލަވާލާފައެވެ. ނަމަވެސް ދަރަވަންދޫ މުބާރާތުން ވަކިކުރުމުން އޭދަފުށި ދެން ކުޅެން ޖެހޭނީ ޒޯން ބުރުގައެވެ.

ޒޯން މުބާރާތަށް މިދިޔަ އަހަރު އޭދަފުށި ކޮލިފައިވީ އަތޮޅު މުބާރަތުގެ ދެމެޗުން 13-0 ގެ ބޮޑު ތަފާތަކުން ހިތާދޫ ބަލިކޮށްގެންނެވެ. ހޯމް އެންޑް އަވޭ އުސޫލުން ޒޯން މުބާރާތުގައި އޭދަފުށި ބައްދަލުކުރާނީ ޅ އަދި ރ. އަތޮޅުގެ ޗެމްޕިއަނުންނާއެވެ. ފުރަތަމަ މެޗުގައި ސެޕްޓެމްބަރ 13 ވަނަ ދުވަހު ރަށުން ބޭރުގައި އޭދަފުށި ބައްދަލުކުރަން ޖެހޭނީ ރ. އަތޮޅު މުބާރާތް ކާމިޔާބުކުރާ ޓީމާއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.