އަސަދުﷲގެ ހެޓްރިކާއެކު ރާއްޖެއިން ބަންގްލަދޭޝް ލަދު ގަންނަވާލައިފި

އަސަދުﷲ އަބްދުﷲ ލަނޑު ޖެހުަމަށްފަހު އުފާ ފާޅު ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އަސަދުﷲ އަބްދުﷲ ލަނޑު ޖެހުަމަށްފަހު އުފާ ފާޅު ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ގައި ލާއޯސް އާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި އެތަށްހާސް ބައްގާޅު ސަޕޯޓަރުން ކުރިމަތީގައި ރާއްޖެއާއި ބަނގުލަދޭޝް ބައިނަލްގްވާމީ ފުޓްބޯޅަ މެޗުން 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ މޮޅުވެއްޖެއެވެ.

ރާއްޖެ ޓީމުގެ ފުރަތަމަ ލަނޑު 53 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އަސަދުﷲ އަބްދުﷲއެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ބަންގްލަދޭޝްގެ އޭރިޔާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މެއިން ޖައްސާލައިގެންނެވެ. މެޗްގެ 60 ވަނަ މިނިޓް ގައި ރާއްޖޭގެ 2 ވަނަ ގޯލްވެސް ކާމިޔާބު ކޮށްދިނީ އަސަދުﷲ އަބްދުﷲއެވެ. ރާއްޖެ ޓީމުން ކާމިޔާބު ކުރި 3 ވަނަ ލަނޑު 78 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ ދަގަނޑޭ ދިން ބޯޅައަކުން ޕެނަލްޓީ އެރީޔާ ތެރެއަށް ވަދެ ގޯލްގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ހަމްޒާ ސީނިއަރ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލްއެވެ.

ހަމްޕު ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނުމަށް ފަހު އުފާ ފާޅުކުރަނީ | އީޓ ފޮޓޯ:ރާއިފް ޔޫސުފް
ހަމްޕު ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނުމަށް ފަހު އުފާ ފާޅުކުރަނީ | އީޓ ފޮޓޯ:ރާއިފް ޔޫސުފް

ރާއްޖެ ޓީމުގެ 4 ވަނަ ލަނޑު ފެނިގެން ދިޔައީ 79 މިނިޓްގައި އަސަދުﷲ އަބްދުﷲގެ ފަރާތުންނެވެ. މި ގޯލާއެކު އަސަދުﷲ ވަނީ މެޗްގައި ހެޓްރިކް ހަދާފައެވެ. މެޗްގެ ފަހު ލަނޑު ފެނިގެން ދިޔާ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 މިނިޓްގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އަޝްފާގެ ބަދަލުގައި ކުޅެން ނިކުތް އިސްމާޢިލް އީސާ (މެސީ)ގެ ފަރާތުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕު ދިން ބޯޅައެއް ހިފައިގެން ބަންގްލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރުން ކައިރިން  ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.

މި މެޗް ބެލުމަށް ޓަކާ ބަންގްލަދޭޝްގެ އެތަށް ހާސް ސަޕޯޓަރުންނެއް ވަނީ ދަނޑަށް ވަދެފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމުން ގޯލް ޖަހަން ފެށުމުން ބަންގާޅު ސަޕޯޓަރުން ވަނީ ދަނޑުން ނިކުންނަށް ފަށާފައެވެ. މިރޭގެ މެޗްގައި ރާއްޖޭގެ ގައުމީ ޓީމަށް ސަޕޯޓުކުރަން ދަނޑަށް ވަދެ ތިބީ މަދު އަދަދެއްގެ ސަޕޯޓަރުން ކޮޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.