ދުސިތް ތާނީގެ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ފަށައިފި

ދުސިތް ތާނީ ރިސޯޓްގެ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަ ކުރެއެވެ. އެއީ ފްރަންޓް އޮފީސް އޭ، ޓީމް އެހް.އާރު، އެފްސީ މޮޕް ހެޑް، ޓިއާ މަރިޔާ އެފްސީ، އެފްސީ ޓޮއިލެޓް ބޯވްލްސް، އެފް.އެން.ބީ، ފްރަންޓް އޮފީސް ބީ އަދި ޓީމް ބީޑީއެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕް އަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗްގައި ރޭ ބައްދަލުކުރީ އެންމެ ފަހުގެ ޗެންޕިއަން ފްރަންޓް އޮފީސް ބީ ޓީމާއި އެޗް އާރު ޓީމެވެ. މި މެޗް 3-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރަންޓް އޮފީސް ބީ ޓީމެވެ. ރޭ ކުޅުނު ދެވަނަ މެޗްގައި ވާދަކުރީ ޓިއާ މާރިއާ އާއި ޓޮއިލެޓް ބޯވްލްސްއެވެ. މި މެޗް 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓިއާ މާރިއާ ޓީމެވެ.  ދުސިތް ތާނީ ރިސޯޓްގެ އެޗް.އާރު ކޯޑިނޭޓަރ ނަސީހް އަބްދުއް ސަމަދް އީޓީއަށް މައުލޫމާތު ދެމުން ވިދާޅުވީ މިމަހު 1 އަކުން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މަޤްސަދަކީ ސްޓާފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ކުޅިވަރުގެ ރޫޙް އަލާ ކުރުމަށް ކަމަށެވެ.
ދުސިތް ތާނީގެ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމީޔާތު ތެރެއިން | ފޮޓޯ:ދުސިތް ތާނީ

ދުސިތް ތާނީ ރިސޯޓްގެ އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތް ރޭ ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަ ކުރެއެވެ. އެއީ ފްރަންޓް އޮފީސް އޭ، ޓީމް އެހް.އާރު، އެފްސީ މޮޕް ހެޑް، ޓިއާ މަރިޔާ އެފްސީ، އެފްސީ ޓޮއިލެޓް ބޯވްލްސް، އެފް.އެން.ބީ، ފްރަންޓް އޮފީސް ބީ އަދި ޓީމް ބީޑީއެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕް އަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގައި ރޭ ބައްދަލުކުރީ އެންމެ ފަހުގެ ޗެންޕިއަން ފްރަންޓް އޮފީސް ބީ ޓީމާއި އެޗް އާރު ޓީމެވެ. މި މެޗް 3-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރަންޓް އޮފީސް ބީ ޓީމެވެ. ރޭ ކުޅުނު ދެވަނަ މެޗްގައި ވާދަކުރީ ޓިއާ މާރިއާ އާއި ޓޮއިލެޓް ބޯވްލްސްއެވެ. މި މެޗް 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޓިއާ މާރިއާ ޓީމެވެ.

ދުސިތް ތާނީ ރިސޯޓްގެ އެޗް.އާރު ކޯޑިނޭޓަރ ނަސީހް އަބްދުއް ސަމަދް އީޓީއަށް މައުލޫމާތު ދެމުން ވިދާޅުވީ މިމަހު 1 އަކުން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މަޤްސަދަކީ ސްޓާފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ކުޅިވަރުގެ ރޫޙް އަލާ ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.