ކުނި އުކާލުމުގެ ހިދުމަތް ކައުންސިލުން ފަށައިފި

އޭދަފުށީ ކައުންސިލުން އިއްޔެ ކުނި އުކާލުމުގެ މަސައްކަތް ކުރަނީ
އޭދަފުށީ ކައުންސިލުން އިއްޔެ ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

އޭދަފުށީގެ ގޭބިސީތަކުގަ އާއި އެހެނިހެން ތަންތަކުގައި އުފެދޭ ކުނި، ކުނިކޮށްޓަށް އުކައިދިނުމުގެ ހިދުމަތް ރަށު ކައުންސިލުން އިއްޔެ ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ މި މަސައްކަތް ފަށާފައި މިވަނީ ކައުންސިލުން ރައްޔިތުންނާ މައުލޫމާތު ދިންގޮތާ މުޅިން ހިލާފަށް ކައުންސިލުން ރަށުގެ ދެ ޕިކަޕެއް ކުއްޔަށް ހިފައިގެންނެވެ.

ކުރިން ކުނި އުކާލުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކައުންސިލާއި އަމިއްލަ ފަރާތެއް ގުޅިގެންނެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އެގޮތަށް މި މަސައްކަތް ފަށަންޖެހުނީ މި މަސައްކަތާ ހަވާލުވި ފަރާތުން ފަހުވަގުތު އެކަމަށް އިންކާރު ކުރުމުންނެވެ.

ކައުންސިލުން ބުނި ގޮތުގައި ކުނި އުކާލުމުގެ މަސައްކަތް ވިޔަފާރި އުސޫލުން ހަވާލުކޮށްފައިވަނީ އޭދަފުށީ ދިގަލީ މުހައްމަދު ޒާހިދު (ބައްޓޭ) އާ އެވެ.

މިކަމާ ގުޅިގެން ބައްޓޭ ބުނީ މި މަސައްކަތަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު އޭނާ އަށް ކައުންސިލުން ދީފައިނުވާ ކަމަށެވެ.

“ހޮނިހިރު ދުވަހުގެ ރޭ ގުޅާފަ މި ބުނަނީ އެގްރީމެންޓްގައި ސޮއި ކުރަން އަންނާށޭ، މާދަމާ އެބަޖެހެޔޭ ކުނި އުކާލުމުގެ ހިދުމަތް ކޮންމެހެންވެސް ފަށަން، އެގޮތަށް އެކަން ނުކުރެވޭނެ، އެއްބަސްވެފައި އޮންނާނީ މަދެވެގެން 15 ދުވަސް މިކަމަށް ތައްޔާރުވާން ބޭނުންވާނެ ކަމަށް،” ބައްޓޭ ބުންޏެވެ.

އޭދަފުށީގައި މީހުން ދިރިއުޅޭ 491 ގޭގެ ތެރެއިން ކުނި އުކާލުމުގެ ޚިދުމަތަށް 250އަށް ވުރެ ގޭބިސީތަކުން ވަނީ ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްފަ އެވެ.

އޭދަފުށީގެ ގޭ ބިސީ ތަކުގައި އުފެދޭ ބޮޑެތި ކުނިބުނި އުކާލަން 75ރ. އާއި 100ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ. އަދި އަމިއްލަ ވިޔަފާރިތަކާއި އޮފީސް ކުންފުނިފަދަ ތަންތަކުން ކުނި އުކާލުމަށް 200ރ އާއި 1000ރ އާ ދެމެދުގެ އަގެއް ނަގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.