ބ. ތުޅާދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އަންނަ ބޮޑު އީދު ބަންދަށްފަހު ފެށިގެންދާނެކަމަށް ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ ގައުމީ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
ތުޅާދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި އިންޓަނޭޝަނަލް ފަންޑިން އެޖެންސީއެއް ކަމަށްވާ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯންގެ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ..
ތުޅާދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިތަކާއި، އެކްސްކަވޭޓަރު ފަދަ ސާމާނުތައް އެރަށަށް ފޮނުވާފައިވާ ކަމަށް އެމްޑަބްލިޔުއެއްސީ ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ތުޅާދޫގައި ފެނުގެ ވިއުގަ ގާއިމް ކުރުމާއި ފެން ޕްލާންޓް ބެހެއްޓުމާއި ފެންތާނގީ ބެހެއްޓުމުގެ އިތުރުން ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ބަހައްޓާނެ އެވެ.