ބޮޑު އީދު ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހު ފަށަނީ

މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރެއްގެވެސް އަޞްހާ ޢީދު ބަންދުގައި ކުރިޔަށްގެންދާ ފުޓްބޯޅަ މުބާރާތް އަންނަ ހުކުރު ދުވަހު ހަވީރު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

“ފްރެންޑްލީ ޔޫތް ކަޕް 2016” ގެ ނަމުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 6 ޓީމަކަށް ވަނީ ދައުވަތު ދީފައެވެ. އަދި އެ ހުރިހާ ޓީމަކުންވެސް ވަނީ ދައުވަތު ގަބޫލްކޮށްފައެވެ. މި އަހަރު ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމްތަަކަކީ އެންޖޯއި ފްރެންޑްސް، ހުސް ސޮގުން، އެމް.އޭ ޔުނައިޓެޑް، ރުވާ ސްޕޯޓްސް، ސައިނޯސާ އަދި އެންމެ ފަހުގެ ޗެންޕިއަން ޓީމު ޔުނައިޓެޑް ވީއެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޒާހިދް (ބައްޓޭ) އީޓީ އަށް މައުލޫމާތު ދެމުން ބުނީ މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު މިރޭ 9 ޖަހާއިރު މައުފާ ރެސްޓޯރަންޓްގައި އޮންނާނެކަމަށެވެ.

މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނާރ އަކަށް ހަމަޖައްސާފައި ވަނީ އޭދަފުށި ޓައިމްސް (އީޓީ)އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.